ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

55-45 އަހަރުގެ މީހުންނަށް ވެކްސިން ދޭން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 45 އަހަރާއި 55 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ފަށަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ތިން ތަނަކުން މިިިިިއަދު މާލެ ސަރަހައްދުގައި އުޅޭ 45-55 އަހަރުން މަތީގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ.

އެގޮތުން ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުން މިިިިިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 5 އާ ހަމަޔަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ. އަދި ވިލިމާލެ ޔޫތް ސެންޓަރުން ހެނދުނު 9 އިން މެންދުރު 1 އާއި ހަމައަށް ވެކްސިން ދިނުން ކުރިއަށްގެންދާނެއެވެ.

އަދި މާދަމާ ވެސް 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުން ކުރިއަށްދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: