ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓެކްސްއަށް މަކަރުހަދާ ފަރާތްތައް ދެނެގަތުމާގުޅޭ ބައިނަލްއަޤްވާމީ މުއާހަދާގައި ރާއްޖެއިން ބައިވެރިވަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

“ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް،” އާއި، އެ މުޢާހަދާއާ ގުޅޭ އިތުރު ދެ މުޢާހަދާއެއް ތަޞްދީޤުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވައިފިއެވެ.

މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ.

ވަޒީރުންގެ މަޖިލީހުން “ކޮންވެންޝަން އޮން މިއުޗުއަލް އެޑްމިނިސްޓްރޭޓިވް އެސިސްޓެންސް އިން ޓެކްސް މެޓަރސް،” (އެމް.އޭ.އޭ.ސީ) އާއި، އެ މުޢާހަދާއާ ގުޅޭ އިތުރު ދެ މުޢާހަދާއެއް ކަމުގައިވާ “މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އޮޓޮމެޓިކް އެކްސްޗޭންޖް އޮފް ފައިނޭންޝަލް އެކައުންޓްސް އިންފޮމޭޝަން” (އެމް.ސީ.އޭ.އޭ-ސީ.އާރް.އެސް) އަދި “މަލްޓިލެޓެރަލް ކޮމްޕީޓަންޓް އޮތޯރިޓީ އެގްރީމަންޓް އޮން އެކްސްޗޭންޖް އޮފް ކަންޓްރީ ބައި ކަންޓްރީ ރިޕޯޓްސް” (އެމް.ސީ.އޭ.އޭ-ސީ.ބީ.ސީ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަނީ ލަފާދެއްވާފައެވެ.

މިކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވަނީ، މިނިސްޓްރީ އޮފް ފިނޭންސްއިން ހުށަހަޅާފައިވާ ކަރުދާހަކާ ގުޅޭގޮތުން މިއަދު ވަރޗުއަލްކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާމެދު މަޝްވަރާކުރެއްވުމަށް ފަހުއެވެ.

އެމް.އޭ.އޭ.ސީ.އަކީ ޓެކްސް ދެއްކުމަށް މަކަރުހަދާ، ޓެކްސް ދެއްކުމުން އެއްކިބާވާ ފަރާތްތައް ދެނެގަތުމަށާއި، މެންބަރު ޤައުމުތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުމަށާއި، ޓެކުހާގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވައިލާފައިވާ މުޢާހަދާއެކެވެ. އަދި، މި މުޢާހަދާގައި އެއްބަސްވާ ކަންކަން ތަންފީޒުކުރުމަށްޓަކައި، އެމް.ސީ.އޭ.އޭ.ތަކުގައި ބައިވެރިވާ ޤައުމުތަކުން ސޮއިކުރަންޖެހެއެވެ.

މި މުޢާހަދާގައި ބައިވެރިވުމުގެ ބޭނުންތަކުގެ ތެރޭގައި، ގްލޯބަލް ފޯރަމް މެންބަރެއްގެ ގޮތުން އެކްސްޗޭންޖް އޮފް އިންފޮމޭޝަން ނިޒާމެއް ޤާއިމުކުރުމާއި، އިންކްލޫސިވް ފްރޭމްވަރކް އޮން ބޭސް އިރޯޝަން އެންޑް ޕްރޮފިޓް ޝިފްޓިންގ (ބެޕްސް) ގެ ދަށުން ޓެކްސް ޓްރާންސްޕޭރަންސީއާ ގުޅުންހުރި އެކްޝަންތައް ތަންފީޒުކުރުމާއި، ޔޫރަޕިއަން ޔޫނިއަން ލިސްޓް އޮފް ނޮން-ކޯޕަރޭޓިވް ޖުރިސްޑިކްޝަންސް ފޮރ ޓެކްސް ޕަރޕަސަސްގައި ދިވެހިރާއްޖެ ނުހިމެނުމަށް ވެފައިވާ ކޮމިޓްމަންޓްތައް ފުރިހަމަކުރުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ.

އެ ލިސްޓަކީ، ޓެކުހަށް މަކަރުހެދުމާއި، ޓެކްސް ދެއްކުމުން އެއްކިބާވުމާއި، މަނީ ލޯންޑަރިންގ ފަދަ ކުށްތައް ދެނެގަތުމަށް އެކުލަވައިލާފައިވާ ޓޫލްއެއްކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: