ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުދައްޔުގެ މަރާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. މާމެންދޫގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި 17 އަހަރު ޒުވާނަކު މަރާލި މައްސަލާގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދު މުއްދަތު ކޯޓުން އިތުރުކޮށްފިއެވެ.

މާރާމާރީގައި މަރާލާފައިވަނީ ގއ. މާމެންދޫ، ލިލީ އޮފް ދަ ވެލީ، އަހުމަދު އުދައްޔުއަށެވެ. މާމެންދޫ މާރާމާރީގައި ގްރޫޕަކުން ހަމަލާދީފައިވަނީ އުދައްޔު އާއި އޭނާގެ އޭނާގެ އެއްބަޑު އެއްބަފާ ބޭބެޔަށެވެ. މި ހާދިސާގައި އުދައްޔު މަރުވެފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މި މާރާމާރީ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރާއި، 23 އަހަރު އަދި 18 އަހަރުގެ މީހުންކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނެފައިވަނީ، މި ތިން މީހުންގެ ތެރެއިން ދެ މީހަކަށް ކޯޓުން 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި، އަދި އެކަކަށް 10 ދުވަހުގެ މުއްދަތު ދީފަިއވާކަމަށެވެ. އަދި މިމާރާމާރިއާއި ގުޅިގެން ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: