ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ މަސްވީއިރު ވެސް އާބިދުގެ ޝަރީއަތް ކުރިޔަށް ނުގެންދެވުނު، ބުނީ ވަކީލަށް ފައިސާ ދިނުމުން ހަބަރެއް ނުވިކަމަށް

ޙާންޖީ ރެސްޓޯރެންޓުގައި ބިދޭސީއެއް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާބިދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ވެއިޓަރަކަށް ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދަށް ވަކީލަކު ހަމަނުޖެއްސި ޝަރީއަތް ކުރިޔަށް ނުގެންދެވޭތާ ދެ މަސް ދުވަސްވެފައިވާއިރު ވަކީލަށް ފައިސާ ދިނުމުން ހަބަރެއް ނުވާކަމަށް ޝަރީއަތުގައި އޭނާ ބުނެފި އެވެ.

ޕާކިސްތާނު ކެއުންތަކަށް މަޝްހޫރު ”ޚާންޖީ“ ރެސްޓޯރެންޓުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތަކަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ހަމަ އެ ރެސްޓޯރަންޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މުހައްމަދު އާބިދެވެ. ރުޅި ކޮންޓްރޯލް ނުކުރެވުމާއި، ހަމަނުޖެހުން އުފައްދާކަމަށް ބުނާ އާބިދަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި ފުލުހުންގެ ތަހުގީފަށް ވާނީ ފާހަގަ ކުރެވިފަ އެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު އެވެ.

މީގެ ދެ މަސް ކުރިން، ހެކިންގެ ހެކި ބަސް ނެގުމުގެ އަޑުއެހުން ވެސް ކުރިޔަށް ނުގެންދެވުނީ ވަކީލު ތަނާޒުލުވި ފަހުންނެވެ. އާބިދު ބުނީ، އޭގެ ފަހުން ވެސް ވަކީލަށް ފައިސާ ދައްކާފައިވާނެ ކަމަށެވެ. މަރުގެ މައްސަލައެއްގައި ދިފާއީ ވަކީލަކު ނެތި ކުރިޔަށް ގެންދިއުން ނޫންކަން ފާހަގަކޮށް މައްސަލަ ބައްލަވާ ގާޒީ ޝަފީއު ވަނީ ވަކީލަކު ހަމަޖެއްސުމަށް އާބިދަށް އިތުރު ފުރުސަތެއް ދެއްވާފަ އެވެ.

ވަކީލަކު ހަމަޖެއްސުމުގެ އިންތިޒާމުތަކާއި ގުލޭގޮތުން ގާޒީ ސުވާލު ކުރެއްވުމުން އާބިދު ބުނީ އޭނާގެ ބައްޕަ ކުރިން މައްސަލައިގައި ހުރި ވަކީލު އިބްރާހިމް އަލީއަށް ދެ ފަހަރަކު ފައިސާ ހަމަޖެއްސިކަމުގެ މައުލޫމާތު ދޭ ކަމަށެވެ. ނަމަވެސް އެ ވަކީލުގެ އެއްވެސް ހަބަރެއް ނުވާކަމަށާއި އާއިލާއާއި ބައްދަލު ކުރުމަށް ފުރުސަތު ލިބެނީ ކޮންމެ 15 ދުވަހަކުން ނުވަތަ މަހަކު އެއް ފަހަރުކަމަށްވުމާއު އެކު ދަތިތަކެއް ދިމާވާކަމަށް އޭނާ ބުންޏެވެ. އެހެންވެ، ގާޒީ ދައުލަތަށް އެންގެވީ ވަކީލަކު ހަމަޖެއްސުމުގައި އާބިދަށް ލުއި ގޮތްތަކެއް ކަނޑައެޅުމަށެވެ.

އާބިދުގެ ވަކީލަކު ނެތި މައްސަލަ ކުރިޔަށް ނުގެންދެވޭނެތީ، ގާޒީ މިއަދުގެ އަޑެހުން ނިންމަވާލެއްވީ ދެން ޝަރީއަތުގެ އަޑުއެހުމެއް އޮންނާނީ އާބިދަށް ވަކީލަކު ހަމަޖެހުމުންކަން އިއުލާނު ކުރައްވާފަ އެވެ.

މައްސަލައިގެ އާބިދު ބުނީ އޭނާ ޝާހީނަށް ހަމަލާ ދިނީ އަމިއްލަ ނަފުސުގެ ދިފާއުގައިކަމަށާއި، އޭނާ އެކަމާއި ދެރަވެ ހިތާމަ ކުރާ ކަމަށެވެ. އަދި ކުރެވުނު ކުށަށް މައާފަށް އެދި ބުނީ އުފެދުނު ދެބަސްވުމުގެ ތެރެއިން ޝާހީނަށް ހަމާލާ ދިނީ އޭނާއަށް ގެއްލުމެއް ދީ މަރާލުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެހެންވެ އެނާގެ މައްޗަށް އުފުލާފައިވާ، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ކުށުގެ ދައުވާއަށް އިންކާރު ކުރާކަމަށް އާބިދު ވަނީ ކޯޓުގައި ބުނެފަ އެވެ.

ދައުވާގައި ވާގޮތުން އާބިދު ވަނީ ޝާހީންގެ މޫނާއި، މެޔަށް ވަޅިން ހަމަލާ ދީފަ އެވެ. އަދި މި ދައުވާ ސާބިތުވެއްޖެ ނަމަ އާބިދުގެ މައްޗަށް 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އާބިދުގެ ފަރާތުން ދައުވާއަށް އިންކާރުކޮށް ޝަރީއަތުގެ މަޖިލީހުގައި ބުނީ، ގަސްތުގައި މަރާލުމުގެ ނިޔަތުގައި ހަމަލާ ދީފައިނުވާނެކަމަށާއި، ހަމަނުޖެހުން ހިނގައިދިޔަ ނަަމަވެސް އަނިޔާ ދީފައިވަނީ ގަސްތުގައި ނޫން ކަމަށެވެ. އާބިދުގެ ވަކީލު ބުނީ މިއީ ނަފްސުގެ ދިފާއުގައި ނެގި ފިޔަވަޅެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ.

ޝާހީނަށް ހަމަލާ ދިނުމަށް ފަހު އާބިދު މާލެ އައިސް އޭގެ ފަހުން ހުޅުމާލޭގެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި އުޅެނިކޮށް ހައްޔަރު ކުރީ ހަމަލާ ދިންތާ އެއް ދުވަސް ފަހުންނެވެ. ހަމަލާއަށް ފަހު ރެެސްޓޯރެންޓުގައި މަސައްކަތް ކުރާ މީހުން ވަނީ ހަމަލާ ދީފައި ހުރި ތަނުގެ ސީން އެއްކޮށް ކްލިއާކޮފަ އެވެ. އަދި މައްސަލަ ރިޕޯޓު ކުރީ ހޮސްޕިޓަލުންކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ބިދޭސީ މީހާ މަރުވެފައިވާއިރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުން އޭނާގެ ބޮލަށާއި، ކަރަށް އަދި ފަޔާއި މެޔަށް ވަނީ ހަމަލާ ދީފަ އެވެ. އާއްމުވި ވީޑިއޯގައި ބިދޭސީ މީހާއަށް ސީޕީއާރު ދޭތަން ވެސް ފެނެ އެވެ. އަދި ގައިގައި ހުރި ލޭ ސާފު ކުރުމަށް އޭނާގެ ގަޔަށް ފެން އަޅާފައިވާކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: