ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިދްޔަމްގެ މަރު: ހުރިހާ ވާރިސުން ވެސް ބޭނުން ވަނީ މަރަށް މަރު ހިފަން

ލ. މުންޑޫ، ނޫވިލު, އަލީ ޒިޔަދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ލ. މުންޑޫ، ނޫވިލު އަލީ ޒިދްޔަމް މަރާލި މައްސަލައިގައި ދައުވާ އުފުލައި ޝަރީއަތް ހިންގަމުން ދާ މީހުންނަށް މަރުގެ އަދަބު ދޭން އާއިލާއިން އެދިއްޖެ އެވެ.

  1. މާޗު 20 ގައި ޒިދްޔަމް މަރާލާފައި ވަނީ، މަސްކަނޑާ ވަޅިއެއް ބޭނުންކޮށްގެން އޭނާގެ ބުރަކައްޓަށާއި، ފައިގެ ފަލަމަސްގަނޑަށް ހަމަލާ ދީގެންނެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައި ވަނީ، ލ. މުންޑޫ މުހައްމަދު ޝަނޫނާއި އަލީ ސިފާމްގެ މައްޗަށެވެ. ދެ މީހުންގެ މައްޗަށް ވެސް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. ޝަނޫންގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ބިރު ދެއްކުމާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ ހިމެނެ އެވެ.

މައްސަލައިގައި ޝަނޫންގެ މައްޗަށް ޒިދްޔަމް މަރާލުމުގެ ކުށް ސާބިތުވާއިރު، ސިފާމްގެ މައްޗަށް ވަނީ އޭނާ މަރާލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެފަ އެވެ.

ދައުވާ އުފުލި ދެ މީހުންގެ މައްޗަށް ކުށް ސާބިތުވެފައިވާތީ، ވާރިސުންގެ ބަސް ނެގުމަށް ބޭއްވި އަޑުއެހުމުގައި ޒިދްޔަމްގެ ބައްޕަ ހިމެނޭހެން އޭނާގެ 09 ވާރިސުން ވެސް ބުނީ މަރަށް މަރު ހިފުމަށް ބޭނުންވާކަމަށެވެ.

ޒިދްޔަމްގެ ބައްޕަގެ އިތުރުން، އެއްބަނޑު އެއްބަފާ ފަސް އަންހެން ކުދިންޏާއި، އެއްބަނޑު އެއްބަފާ އެއް ފިރިހެން ކުއްޖަކު އެބަހުއްޓެވެ. އަދި އެއްބަފާ ދެ ކުއްޖަކު އެބަތިއްބެވެ.

ވާރިސުންގެ ބަހުގައި ބުނީ، ޒިދްޔަމްގެ މަރުވުމުގެ ކުރިން ދިން ބަޔާނުގައި ވެސް ދަރިފުޅުގެ ގާތިލުންނަށް މަރުގެ އަދަބު ދިނުމަށާއި މަރަށް މަރު ހިފުމަށް ބޭނުންވާކަމަށް ބުނިކަމަށެވެ. އަދި ޒިދްޔަމްގެ މަންމަގެ އެންމެ ފަހުގެ އެދުމަކީ އެއީކަމަށް ވެސް ބުންޏެވެ.

މައްސަލައިގެ އަދަބާއި ބެހޭ ގޮތުން، ވާހަކަ ދެއްކުމާއި ހުކުމް ކުރުން ތާވާލުކޮށްފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އަށެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވަނީ ގާޒީ ހަސަން ޝަފީއު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: