ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްބާހު އާއި އަލީ ނަޒީރު ތަލިބާނުންގެ ތަމްރީނު ހެދިތޯ ބަލަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަރު ކޮމިޝަނުގެ މެންބަރު މިސްބާހް އައްބާސާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރަކީ ތޯލިބާނުން ހަދާ ތަމްރީނުތައް ހައްދަވާފައިވާ ބޭފުޅުންތޯ އޮޅުން ފިލުއްވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން އެންގީ ނައިފަރު ދާއިރާގެ މެމްބަރު މިއަދުގެ މަޖްލީހުގެ ޖަލްސާގައި މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ނަޒީރު ތަލިބާނުންގެ ޓްރެއިނިން ހަދާފައިވޭތޯ ބެލުމަށް އެ ދެބޭފުޅުންގެ ހިސްޓްރީ ބެލުމަށް ގޮވާލުމާއި ގުޅިގެންނެވެ.

ޝިޔާމްގެ ވާހަކައިގައި ވިދާޅުވީ އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންނެވި، މިސްބާހާއި ހޯމް މިނިސްޓްރީގެ އަލީ ނަޒީރު ތޯލިބާނުންނާއެކު ޓްރެއިިނިން ހެދިތޯ ބައްލަވާ، އެމީހުން ކުރީގައި އުޅެފައިވާ ގޮތް ބަލަން ޖެހޭ ކަމަށެވެ. އަދި ނަޒީރަކީ ކައުންޓަޓެރަރިޒަމް ކޮމިޓީގައި އިންނަވާ ބޭފުޅެއް ކަމަށާއި، އެހެންކަމުން އޭނާވެސް އެ ޓްރެއިނިން ހައްދަވާފައި ވޭތޯ އާއި އޭނަވެސް ކުރީގައި އުޅެފައިވާ ގޮތް ބަލަން ޖެހޭ ކަމަށެވެ.

“އިއްޔެ މަރު ކޮމިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި އިންނެވި، އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް އާއި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ތޯލިބާނުންނާއެކު ޓްރެއިިނިން ހެދިތޯ، އަޅުގަނޑުމެން އެބަ ޖެހޭ އެމީހުންގެ ހިސްޓްރީ ބަލަން، ޖެހޭ ނަޒީރަކީ ކައުންޓަޓެރަރިޒަމް ކޮމިޓީގައި އިންނަވާ ބޭފުޅެއް، އެހެންކަމުން އޭނާގެވެސް ހިސްޓްރީ ބަލާ އެ ޓްރެއިނިން ހަދާފައިވޭތޯ ބަލަން ޖެހޭ” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަ ތަކާއި ގުޅިގެން ނަޝީދު ވިދާޅުވީ މިސްބާހު އާއި އަލީ ނަޒީރާއި ގުޅޭގޮތުން ޝިޔާމް ދެއްވީ މުހިއްމު މައުލޫމާތެއް ކަމަށާއި، އެކަން މަޖްލިސްއިން އިތުރަށް ބަލަން ޖެހޭކަމަށެވެ. އަދި އެކަން ބެލުމަށް މަޖްލިސްގެ އަމީން އާއްމަށް ނަޝީދު ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: