ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮކްޓަރު ލަފާ ދިނުމުންވެސް ރައީސް ޔާމީން އޮތީ ޖަލުގައި: ޖަމީލް

ޑރ މުހައްމަދު ޖަމީލާއި ކުރީގެ ރައީސް އބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާން ޑޮކްޓަރު ލަފާ ދިނުމުންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އޮތީ ޖަލުގައި ކަމަށާއި އެއީ އިންސާފެއް ނޫން ކަމަަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަސް ދިއުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދިނުމާ ގުޅިގެންނެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ތެރެއިން ހިނގަމުން އައިކަންކަމުގެ ތެރެއިން މިއަދު ބަދަލުވެފައި އޮތީ ކޮންކަމެއްތޯ ސުވާލު އުފައްދަވާފައެވެ.

ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި ރައީސް ސޯލިހާއި ގާތް ބޭފުޅުންނަށް “ބޭނުން ގޮތެއް” އަންނަނީ ހަދަމުންނެވެ. އެހެންނަމަވެސް ޑޮކްޓަރ ލަފާދިނުމުންވެސް ރައީސް ޔާމީނަށް ހަމަ އޮންނަވަންޖެހެނީ ޖަލުގައި ކަމަށް ޖަމީލް ވިދާޅުވިއެވެ.

“މިއީތޯ ތާހިރު އިންސާފަކީ؟” ޖަމީލް ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގައި އަލީ ވަހީދު ވަނީ އޭނާގެ ޑޮކްޓަރު ހާޒިރުކޮށް އޭނާގެ ސިއްހީ ހާލަތު ހުރިގޮތް ކިޔާދީފައެވެ. އެގޮތުން އޭނާގެ މައި ބަދައިގެ ޑިސްކްތަކެއް ގުޑާފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައިވާކަމަށް އަލީ ވަހީދު ބުނެފައެވެ. އެހެންކަމުން އަލީ ވަހީދުގެ ޕާސް ޕޯޓު ހިފެހެއްޓުމަށް ކޯޓުން ކުރި އަމުރު ވަނީ ބާޠިލް ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: