ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީ ޖިހާދަށްދާން ރެޑީވާ ބައެއް ނޫން, މިއީ ފަޙުރުވެރި ގައުމީ ބަތޮލުން

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ގައުމީ ޓީމްގެ ދެ ކެޕްޓަނުން ކަމަށްވާ އަލީ އަޝްފާގު (ދަގަނޑޭ) އަދި އަކުރަމް އަބްދުލްޣަނީ އަކީ ސީރިއާއަށް ޖިހާދަށް ދާން ތައްޔާރަށް ތިބި ބައެއް ކަމަށް ބުނެ ދިވެެއްސަކު ޓްވީޓު ކުރުމުން ގިނަ ބަޔަކުވަނީ އެކަމަށް ނުރުހުން ފާޅު ކޮށްފަަަަަައެވެ.

“ސޫޒަން” ނަމަކަށް ކިޔާ މި މީހާ، ތަޖުރިބާކާރު އަދި ދިވެހީންގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ އަޝްފާޤް އަދި އަކްރަމްގެ ފޯސްޓަރެއް ރީޓްވީޓްކޮށް، ބުނެފައިވަަނީ ސީރިއާއަށް ދާން ތައްޔާރުވެފައި ތިބި ބަޔަކު ފުޓްބޯޅަ ކުޅޭތަން ބަލަން މީހަކު ދާނެތޯ އޭނާ ގާތު ރައްޓެއްސަކު ސުވާލު ކުރި ކަމަށެވެ. އަދި ޓީމް ބަލިވެއްޖިއްޔާ ދަނޑުވެސް ގޮއްވާލަފާނެ ކަމަށް އޭނާގެ ރައްޓެއްސަކު ބުނި ކަމަށް ވެސް ޓްވީޓްގައި ބުނެފައިވެއެވެ.

“ސޫޒަން”ގެ މި ޓްވީޓާއެކު ގިނަ ބަޔަކު ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ. އަދި އަޝްފާގާއި އަކްރަމްގެ ދިފާޢުގައި ގިނަބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

އެފްއޭއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންނަކީ ސީރިޔާއަށް ޖިހާދަށް ދާން ތައްޔާރުވެފައިވާ ބައެއް ކަމަށާއި ޓީމު ބަލިވެއްޖެނަމަ ދަނޑުވެސް ގޮއްވާލާނެ ކަމަށް ބުނެ އިއްޔެ ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ހަގީގަތެއް ނެތް ވާހަކަތައް އެ އެސޯސިއޭޝަނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މީސްމީޑިއާގައި މިހާތަނަށް ދައްކާފައިވަނީ ފުޓްބޯޅައާ ގުޅުވައިގެން ދެކެވިފައި ހުރި ވާހަކަތަކެއް ނޫން ކަމަށާއި މިއީ އާދައިގެ ކަމެއް ކަމަށް ނުބައްލަވާ ކަމާ ބެހޭ އިދާރާތަކުން މިކަމުގެ ފުރިހަމަ ތަހުގީގެއް ކޮށްދެއްވުމަށް ވެސް އެ ބަޔާނުގައި އެފްއޭމުން ވަނީ ގޮވާލާފައެވެ.

މީގެެ އިތުުރުން ސޯސަލްް މީޑިއާގައިި އެތައްބަޔަކު  ދަނީީ މިކަމަށް ހަރުކަށި ފިޔަވަޅު އެޅުމައް ގޮވާލާ އަޑުއުފުލަމުންނެވެ.

ސޯސަލް މީޑިއާގައި އަޑުއުފުލަމުންދާ ގިނަ މީހުން ބުނެފައިވަނީ ޖިހާދަށްދާން ރެޑީވާ ބައެއް ނޫންކަަަމަަށާާާާއިި މިއީ ފަޙުރުވެރި ގައުމީ ބަތޮލުން ކަަަަމަށެެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: