ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައިޑްލައިނާ ހިލާފުވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން އިންތިޒާމުކޮށްގެން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި އެޗްޕީއޭގެ ގައިޑްލައިންތަކާ ޚިލާފްވުމަށް މަޖުބޫރު ކުރުވީ ސަރުކާރުން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

އެޗްޕީއޭ އިން އިއްޔެ ވަނީ އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން ހުއްޓާލުމަށް އަންގާ އެންގުމެއް ނެރެފައެވެ. ނަމަވެސް މިރޭ އިދިކޮޅުން ކުރިއަށްގެންދިޔަ އެއްވުމަކީ އެ އެންގުމާއި ހިލާފު އެއްވުމެއް ކަމަށް ބުނެ ފުލުހުން ވަނީ އެއްވުން ރޫޅާލާފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިރޭ ޕީޕީއެމް އޮފީސް ދޮރުމަތީ ކުރި އިޙުތިޖާޖަކީ އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ އިޙުތިޖާޖެއް ކަމަށާއި މި އިޙުތިޖާޖު ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ 9 މީހުންނަށް ވުރެ އިތުރު ނުވާ ގޮތަށް ގައިދުރުކޮށް އެކި ހިސާބުގައި ތަފާތު މެސެޖުތަކުގެ (ޝުޢޫރުތަކުގެ) ބޯޑުތައް ހިފައިގެން ތިބެ ސުލްހަވެރިކަމާއެކު އަޑު އުފުލާ ގޮތަށް ކަމަށެވެ.

ނަމަވެސް އެ ގޮތަށް އެ އިހްތިޖާޖް ކުރިއަށް ގެންދަން ފެށުމާއެކު، ސަރުކާރުގެ އަމުރާ އެއް ގޮތަށް ގްރޫޕްތައް ގެނެސް އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާ ގޮތަށް އިހްތިޖާޖުގެ ބައިވެރިން އެއް ތަނަކަށް ޖަމާކޮށްފައި ވަނީ އެ ވަގުތު އެ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުން ކަމަށް ބަޔާނުގައިވެއެވެ.

މި ގޮތުން މުޒާހަރާ ރޫޅާލުމުގެ ތެރެއިން މުޒާހަރާގެ ބައެއް ބައިވެރިންނަށް ފުލުހުން އަނިޔާ ކުރި މަންޒަރު ވެސް ފެނިގެން ގޮސްފައިވާ ކަމަށާއި މި އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް އިދިިކޮޅުގެ ނޫސް ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: