ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްކަ އާއިލާއަށް ބައިއަތު ހިފައިގެން ހުރުން އަހުލާގީ ގޮތުން މާ ހުތުރު: އިދިކޮޅު

އިންޑިއާ އައުޓް
ކުޅުދުއްފުށީގައި ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގެ ތެރެއިން: ފޮޓޯ/ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމުން އިންޑިއާ އައުޓް ކުރުމަށް ގޮވާލާ ބާއްވަމުން އަންނަ ސިޔާސީ ހަރަކާތް ތަކުގައި ޝަހީދު ހުސައިން އާދަމް ފޮޓޯ ހިމަނައިގެން ބިލްބޯޑް ޕޯސްޓަރ ބޭނުން ކުރުމުން ސަރުކާރު މެމްބަރުންގެ  ބަހުގެ ހަމަލާތަކެއް އިދިކޮޅަށް އަމާޒުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިސްގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ކުރިޔަށް ގެންދިޔަ އިންޑިއާ އައުޓް ކެމްޕެއިނެއްގައި ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުން ކުރީ އިއްޔެ އެވެ. އެހެންވެ، ސަރުކާރުގެ މެމްބަރުން ވަނީ ސިޔާސީ ބޭނުމަކަށް ޝަހީދު ހުސެއިން އާދަމްފަދަ ގައުމީ ބަތޮލެއްގެ ފޮޓޯ ބޭނުން ކުރުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަ ކުރައްވާފަ އެވެ. އަދި ސިޔާސީ ގޮތުން ބުއްދިފިލާ ދިޔަޔަސް ޝަހީދު ހުސައިން އާދަމް ފަދަ ޤައުމީ ބަތަލެއްގެ ޖިހާދަށް އިހުތިރާމް ކުރަންވާނެކަމަށް ބުނެ އެކަން އެހެން ނުކުރުމަށް އިދިކޮޅު މެމްބަރުންނަށް، އެމްޑީޕީން ގޮވާލި އެވެ.

އަދި ބައެއް ބޭފުޅުން ވަނީ ކަރަޕްޝަނާއި މަނީ ލޯންޑަރިންގ އާއި ވައްކަމާއި ދެކޮޅަށް ނޫނެކޭ ބުނަން ކެރޭނެތޯވެސް ސުވާލު އުފައްދާފައެވެ.

މިއަދުގެ ވަގުތެއްގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވެސް ވަނީ ޓްވީޓެއް ކުރެއްވުމަށް ފަހު، ޝަހީދު ހުސެއިން އާދަމްގެ ފޮޓޯތައް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދަން ލަދު ގަންނަން ޖެހޭކަމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ޔާސިރުގެ ވާހަކަތަކަށް ސިޓީގެ މޭޔަރު މުހައްމަދު އާތިފްވެސް ވަނީ ޝަހީދު ހުސެއިން އާދަމްގެ ފޮޓޯއަކީ ބަޔކު ކުޅޭ ކުޅިވަރަކަށް ބޭނުން ކުރެވިގެން ނުވާނެ ކަމަށާއި، މިއީ ރައްޔިތުންގެ ލެޔާއި ކުޅުން ފަދަ އަމަލެއް ކަމަށް ވިދާޅުވެފަ އެވެ. 

ފާޑުކިއުންތަކަށް ރައްދު ދެމުން އިދިކޮޅުން ބުނީ އެކަމަކީ ސިޔާސީ ކަމެއް ނޫން ކަމަށާއި މިއީ ގައުމީ ބޮޑުހަރަކާތެއް ކަމަށެވެ. އަދި ކެރަފާ އާއިލާއަށް ނިސްބަތްވެ ހުރެ ނޮވެމްވަރ 03 ގައި ޝަހީދު ހުސައިން އާދަމް ޝަހީދު ކޮށްލި ސިއްކަ އާއިލާއަށް ބައިއަތު ހިފައިގެން ހުރުމަކީ އަހްލާގީ ގޮތުން އަދި މާ ހަޑި މަންޒަރެއްކަމަށް އިދިކޮޅުން ބުންޏެވެ.

ސުޕްރީމް ކޯޓުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންވެވަޑައިގަތުމުން ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް، ރާއްޖޭގެ ރަށްތަކަށް ދަތުރުކުރައްވައި، އެމަނިކުފާނު ގެންދަވަނީ ރާއްޖެއިން އިންޑިއާ ސިފައިން ފައިބަން ޖެހޭކަމަށް ގޮވާލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: