ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ޖެހި މީހުންގެ އަދަދު 50،000 އަށް އަރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ، ވެކްސިން، ޖެހި މީހުންގެ އަދަދު 50،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ރާއްޖޭގައި ކޮވިޑުން ރައްކާތެރިވުމަށް މިހާރު ޖަހަމުން ދަނީ އިންޑިއާގެ ކުންފުންޏަކުން އުފައްދާފައިވަނީ “ކޮވިޝީލްޑް” ވެކްސިނެވެ.

އެޗްޕީއޭ އިން ބުނީ އިއްޔެ 6230 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 50،047 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ.

މާލެ ސަރަހައްދުން މިހާތަނަށް 39،309 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 10،159 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މާލޭ ސަރަހައްދުގެ 8 ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، އަތޮޅުތެރޭގެ 66 ތަނަކުން ވެކްސިން ދިނުމުގެ ކަންކަން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: