ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްވޭވް ޕެވީލިއަން: ތަފާތު އެތައް ސާމާނެއް ހެޔޮ އަގެއްގައި، އެއްތަނަކުން!

ޜެޑްވޭވް ޕެވީލިއަން ފިހާރަ، އެތައް ސާމާނެއް އެތަނަކުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބާވަތެއްގެ މުދާ އެއް ތަނަކުން ލިބޭ ރެޑްވޭވްގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

މިއީ ރެޑް ވޭވްގެ 12 ވަނަ ފިހާރަ އެވެ. އަދި ރެޑްވޭވްގެ ގިނަ ފިހާރަތަކެއް މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ހުރެއެވެ.

“ރެޑްވޭވް ޕެވީލިއަން” ގެ ނަމުގައި ހުޅުވި އެ ފިހާރަ ހުންނަނީ ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތް ކައިރީގަ އެވެ.

ފިހާރަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި، ރެޑްވޭވްގެ ޗެއާމަން އަދި މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ ޕެވީލިއަން ފިހާރައިން ލިބެން ހުރި ހުރިހާ ސާމާނެއްގެ އަގު ވެސް ހުންނާނީ ހެޔޮ އަގެއްގައި ކަމަށެވެ. މި ފިހާރައިން ބަދިގެއަށް ބޭނުންވާ ސާމާނުތަކާއި، އިލެކްޓްރޯނިކް ސާމާނުގެ އިތުރުން ބެޑް ރޫމް ސެޓުތަކާއި ސޯފާ ލިބެން ހުންނާނެ އެވެ. މީގެ އިތުރުން މި ފިހާރައިން ބަދިގެއަށް ބޭނުން ވާ ސާމާނު ވެސް ލިބެން ހުންނާނެ އެވެ.

ރެޑްވޭވްއިން އަލަށް ހުޅުވި ފިހާރައިގައި ކުޑަކުދިންނަށް ބޭނުންވާ ކުޅޭ ސާމާނު އަދި، ތުއްތު ކުދިނނަށް ބޭނުންވާ ތަކެއްޗާއި އަދި ކަސްރަތު ސާމާނު ވެސް ހުންނާނެ އެވެ.

މި އިމާރާތުގެ ފުރަތަމަ ފްލޯ އެކީ ހާއްސަ ކުރެވިފައި ފަރުނީޗަރުތަކަށެވެ.

ވަނީ މީގެ އިތުރުން، ދޮންނަ މެޝިން، އޭސީ، ކޮފީ މެޝިން، ޓޯސްޓަރ، މައިކްރޯވޭވް، އަވަން، ފޯނު، ގޭމް ހެޑްސެޓު، އަދި ގޭތެރޭގައި ބޭނުން ކުރާ ސޯފާ ގޮނޑި ވެސް ހެޔޮ އަގެއްގައި ލިބެން ހުންނާނެ އެވެ.

ސަލީމް މިއަދު ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ފިހާރައިން ލިބެން ހުރި ތަކެތީގެ އަގު އިތުރަށް ދަށް ކުރާނެ ކަމަށެވެ. އަދި ފިހާރައިން ލިބެން ހުރި ފަރުނީޗަރުތައް އެއީ ކޮލިޓީ އަދި ގިނަ ދުވަހަށް ބޭނުން ކުރެވޭނެ ސާމނުތައް ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: