ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުން އެމްއާރްސީސީ އަށް 3.7 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު އިތުރަށް ތަރައްޤީކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަޕާނާއި ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީއާއެކު އެއްބަސްވެއްޖެއެވެ.

ވިލިމާލޭގައި ހުންނަ އެމް.އެން.ޑީ.އެފް ކޯސްޓް ގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު އިތުރަށް ތަރައްޤީކުރުމަށް ޖަޕާނު ސަރުކާއާއި އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް ޔޫ.އެން.އޯ.ޑީ.ސީއިން ނިންމާފައިވަނީ ތިން އަހަރުގެ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މިމަޝްރޫޢޫގެ ދަށުން އެމް.އާރު.ސީ.ސީގައި ޓްރެއިނިންގ ސެންޓަރެއް ތަރައްޤީކޮށް އެތަނުގައި ޓްރެއިނިގް ޕްރޮގްރާމްތައް ހިންގުމަކީ ޖަޕާން ސަރުކާރާއި ޔޫ.އެން.އޯ.ޑީ.ސީގެ އަމާޒެކެވެ. ޖުމްލަ 7.6 މިލިއަން ޑޮލަރުގެ އެހީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢުގެ ދަށުން ކޯސްޓް ގާޑުގެ އޮފިސަރުންނާއި ޤާނޫނު ތަންފީޒުކުރުމަށް ޙަރަކާތްތެރިވާ އެހެނިހެން އިދާރާތަކަށްވެސް ޓްރެއިނިންގތައް ހިންގުމަށްވަނީ ނިމްމާފައެވެ.

މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކަނޑުފޭރުމާއި މަސްކަނޑުތަކުން ވައްކަންކުރުމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާއި، މަސްތުވާތަކެއްޗާއި އިންސާނީ ވަގުފާރި ފަދަ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތައް އިތުރުވެފައިވާކަމަށެވެ.

އަދި މިފަދަ މައްސަލަތަކުން ދިވެހި ޤައުމު ސަލާމަތްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: