ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ މަގުމަތީގައި އަންހެނުންތަކެއް ހަމަނުޖެހުމެއް ހިންގި މައްސަލައެއް ބަލަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރޭ މާލޭ މަގުމަތީގައި އަންހެނުން ތަކެއް ހަމަނުޖެހުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހެންވޭރު ބޮޑުފުންގަނޑު މަގުގައި ހަމަނުޖެހުން ހިނގަމުން ދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 9:52 ހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު ހަމަނުޖެހުން ހިންގި މީހުން އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފުކޮށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

މީސް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ދެ އަންހެނަކު ވަނީ މަގުމަތީގައި ހުރި އަންހެނަކާއި ޒުވާބުކޮށް އޭނާ މަގުމައްޗަށް ވައްޓާލާފައެވެ. މަގުމައްޗަށް ވެއްޓުނު މީހާ ތެދުވެ އޭނާއަށް ހަމަލާދިން ދެމީހުންގެ ތެރެއިން އެކަކަށް ހަމަލާ ދިނުމަށް މަސައްކަތް ކުރި ނަމަވެސް އެތަނުގައި ހުރި ފިރިހެނަކު އެކަމަށް ހުރަސްއެޅުމުން ބޮޑު މާރާމާރީއަކަށް އެކަން ނުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: