ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދަދު ތިރިއެއް ނުވޭ! މިއަދު 124 މީހުން ޕޮޒިޓިވް!

ކޮވިޑް-19 އަށް މީހަކު ޓެސްޓުކުރަނީ. މި ބަލީގެ ނުރައްކާތެރިކަން މިހާރު ވަނީ އިތުރުވެފަ. ފޮޓޯ: ޢަބްދުﷲ އަބީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އަށް މިއަދު ޕޮޒިޓިވް ވެފައިވަނީ 124 މީހުންކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއެއް ކުރި ޓްވީޓެއްގައި ވާގޮތުން، މިއަދު މާލޭ ސަރަޙައްދުން 94 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ރިސޯޓުތަކުން ފަނަރަ މީހުން ޕޮޒިޓިވްވެފައިވާއިރު، އަތޮޅު ތެރެއިން ފަސް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މުޅި ދުނިޔޭގައި ހަލުވި ކަމާއެކުގައި ފެތުރެމުންދާ މި ބަލި ރާއްޖޭގައި ފެތުރެން ފަށާފައިވަނީ މިިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭގަފަހުން ޖުމްލަ 19162 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އަދި 60 މީހަކު ވަނީ ނިޔާވެފައެވެ. މިވަގުތު އެކްޓިވް 2449 ކޭސް އެއް އުޅޭއިރު، އޭގެތެރެއިން 162 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: