ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމްޕްލެއިންސް ބިއުރޯއިން ޒާހިދު އިސްތިއުފާ ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑަކަށް އައްޔަނުކުރި މުހައްމަދު ޒާހިދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒާހިދު ލޯކަލް ކައުންސިލް އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑަކަށް އައްޔަނުކުރީ ފެބްރުއަރީ މަހުއެވެ.

އެ މައްސަލަ މަޖިލީހުގެ ބައެއް މެމްބަރުންނާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހެޅުމުން އެ ކޮމިޓީއަށް އިއްޔެ ވަނީ އީސީގެ މެމްބަރުން ހާޒިރުކޮށްފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކޮމްޕްލެޔަންސް ބިއުރޯގެ އިސްމީހާގެ މަގާމަށް ޒާހިދު ނަގާފައިވަނީ އާންމުކޮށް އެ މަގާމަށް މީހުން ނެގުމަށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަމަށެވެ.

އެގޮތުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާ ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތަކީ ޒާހިދުކަމަށް ވުމުން އޭނާ މަގާމަށް ނެގީ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އެކަން ކޮށްފައިވަނީ އާންމު އުސޫލުގެ ތެރެއިން އޮންނަ ގޮތަށް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަކައަށްފަހު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ޒާހިދު އިންތިހާބުގެ ކޮމްޕްލެއިންސް ބިއުރޯގެ ހެޑަކަށް އައްޔަނުކުރުމުން ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: