ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅު މުޒާހަރާގެ ތެރެއިން 31 މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ މާލޭގައި އިދިކޮޅު ކޯލިޝަނުން މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން މިހާތަަނަށް 31 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވަނީ އިދިކޮޅު މުޒާހަރާގެ ތެރެއިން 31 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކުރި 31 މީހުންގެ ތެރޭގައި ކުރީގެ މެންބަރު އަބުދުﷲ ރިފާއު (ބޮޗޭ) އާއި، ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފު ސައުކަތާއި، އެ ކޯލިޝަންގެ ކައުންސިލް މެންބަރު އަހްމަދު ނަރީޝް އާއި، ސޫދާ އަބުދުﷲއާއި އަދި އެކްޓިވިސްޓް އަލީ ސާހިދު (ސްޓެޕް އައްޔަ) ވެސް ހިމެނެއެވެ.

އިދިކޮޅުން މިއަދު ހަވީރު މާލޭގައި މުޒާހަރާ ކުރަމުންދާއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެ އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: