ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 ކުއްޖަކު ހއ. ދިއްދޫ އަމާން ވެށްޓަށް ބަދަލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޖެންޑަރ މިނިސްޓްރީން ބަލަހައްޓަމުންދާ 15 ކުއްޖަކު ހއ.ދިއްދޫގައި ހުޅުވި އަމާން ވެއްޓަށް ބަދަލު ކޮށްފިއެވެ.

މި ކުދިން ގޮވައިގެން އެ ރަށަށް ވަޑައިގެންނެވީ ޖެންޑަރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީއާއި ސްޓޭޓް މިނިސްޓަރ ޢާއިޝަތު ރަޝީދާއާއި ޑެޕިޔުޓީ މިނިސްޓަރ ފާޠިމަތު ޔުމްނާ އެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އަތޮޅުތަކުގައި ޤާއިމްކުރާ އަމާންވެށި ތަކަށް ކުދިން ބަދަލުކުރާއިރު، އެކުދިން ދިރިއުޅެމުންދާނީ ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި، އެ ޢާއިލާއެއްގެ އެހެން ކުދިންނާވެސް އެކުގައި ކަމަށެވެ. އަދި މިކުދިން ރަށުގެ އެހެން އާއިލާތަކާވެސް ގުޅުވައިދޭނެ ކަމަށް އެމިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ދަޢުލަތުގެ ބެލުމުގެދަށަށް ނަގާ ކުދިން އަތޮޅުތަކުގައި ހަދާފައިވާ މަރުކަޒުތަކަށް ބަދަލުކުރަން ފަށާފައިވަނީ އިޖުތިމާޢީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދިނުމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުން ކަމަށެވެ.

ރަށްރަށުގައި ޤާއިމްކުރާ އަމާންވެށިތަކުގައި ކުދިން ބައިތިއްބާނީ ވަކި ޢަދަދަކަށެވެ. އަދި މި ތަންތަނުން އެކުދިންނަށް ބޭނުންވާ ފުރިހަމަ އަޅާލުމާއި ތަރުބިއްޔަތާއި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް ހިންގާނެކަމަށް އެ ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން ކުޑަކުދިންގެ ހިޔާ އާއި ފިޔަވަތީގައި ބަލަހައްޓަމުން ދިޔަ ކުދިންގެ ތެރެއިން ބައެއް ކުދިން ފުވައްމުލަކާއި، ށ. ފުނަދޫ އާއި ބ. އޭދަފުށީގައި ޤާއިމްކުރި އަމާން ވެށިތަކަށްވެސްވަނީ ބަދަލުކޮށްފައެވެ. އެގޮތުން ފުވައްމުލަކަށް 16 ކުދިން، ފުނަދޫއަށް 16 ކުދިން އަދި އޭދަފުއްޓަށް 17 ކުއްޖަކު ވަނީ ބަދަލު ކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: