ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ މުޒާހަރާގެ ތެރެއިން އަދުރޭ އާއެކު 23 މީހަކު ހައްޔަރުކޮށްފައިވޭ

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކްރިމިނަލް ކޯޓު ސަރަހައްދުގައި ވާހަކަ ދައްކަވަނީ / ފޮޓޯ: ދަ ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ހަވީރު މާލޭގައި ބޭއްވި މުޒަހަރާ ތެރެއިން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއެކު އިތުރު ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މުޒާހަރާގެ ތެރެއިން 23 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މުޒާހަރާގެ ތެރެއިން ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ޕީޕީއެމްގެ ކެންޑިޑޭޓުންނާއި، އެ ކޯލިޝަންގެ ކައުންސިލް މެމްބަރުންނާއި، ސަޕޯޓަރުންވެސް ހައްޔަރުކޮށްފައިވާކަަމަށެވެ.

އިދިކޮޅުން ކޮންމެ ހުކުރު ދުވަހަކު މާލޭގައި އެއްވުންތައް ބާއްވަމުންދަނީ ހިޔާ ފްލެޓް ގެއްލުނު ފަރާތްތަކަށް ހައްޤުތައް ހޯދުމަށް “މަގޭ ފްލެޓް ކޮބާ”ގެ ނަމުގައެވެ.

އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުންދާއިރު ފުލުހުންނާއި ހޯމް މިނިސްޓްރީން ވެސް ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެޗްޕީއޭގެ އެންގުމާ ހިލާފުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: