ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 149 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމު ކުރި މައުލޫމާތުން ދައްކާގޮތުގައި ފާއިތުވި 24 ގަޑި އިރު ތެރޭ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރެއިން 120 މީހުން ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.
މިއަދުގެ އަދަދު ތަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވީ ޖުމްލަ މީހުންގެ އަދަދު މިވަނީ 22،662 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަަނަށް މިބަލީގައި 66 މީހަކު ވަނީ މަރުވެފައެވެ.