ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ މަޝްރޫއިން ކޮރަޕްޝަން ހިންގާފައިވާ ފަރާތްތަކަށް އަވަހަށް ދައުވާ ކުރުމަށް ލަފާދީފި

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ މަޝްރޫއުގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ވީއެންމެ އަވަހަށް ދައުވާކުރުމަށް މަޖިލީހުގެ ގައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ލަފާދީފިއެވެ.

އެކޮމިޓީން މިފަދައިން ބުނެފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގައެވެ.

އެ ރިޕޯޓްގައި ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭނެކަމަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ކުރީކޮޅު އިއުލާނުކޮށްފައިވާ ފަރާތްތަކަށް ފްލެޓް ލިބޭނެކަމަށް އޭރު ކަނޑައަޅާފައިވާގޮތާ ގުޅިގެން ގިނަ މައްސަލަތަކެއް ފާހަގަކުރެވިފައިވާކަމަށެވެ.

އެގޮތުން އެކަމުގައި އަމަލީގޮތުން ހަރަކާތްތެރިވެފައިވާ ފަރާތްތަކާގުޅޭ ކޮރަޕްޝަނާ ގުޅުންހުރި އަދި ޖިނާއ މައްސަލަތައް ހިމެނޭ ކަންތައްތަކެއް ހުރިކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރަމުންދާކަން ކޮމިޓީގެ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: