ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެއްވެސް މައުލޫމާތެއް ނުފޮރުވާނަން: ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް ނިންމި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެއްވެސް މައުލޫމާތެއް ނުފޮރުވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

 ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ނަސީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގެ މައުލޫމާތު މަޖިލީހަށް ނުފޮރުވާނެ ކަމަށެވެ.

ނަސީމް ވިދާޅުވީ އެއްވެސް މައުލޫމާތެއް ސިއްރު ނުކުރާނެ ކަމަށާއި، އެ މައުލޫމާތުތައް ހޯދުމަށް އެދިއްޖެނަމަ މަޖިލީހަށްވެސް އަދި އިންވެސްޓިގޭޓް ކުރާ ފަރާތްތަކަށްވެސް ހިއްސާކުރައްވާނެ ކަމަށެވެ.

“ވެންޓިލޭޓަރުގެ މައްސަލައިގައި މިތަނުން ބޭނުންވާ ހުރިހާ މައުލޫމާތެއް މިތަނަަށް ފޮނުވައި ދޭނަން. އެއްވެސް އެއްޗެއް ފޮރުވާކަށް ނެތިން. ނަސީމް ވިދާޅުވިއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: