ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަތަމަ ތިންމަހު، ރާއްޖޭގެ އިޤްތިޞާދު އަންދާޒާ ކުރި ވަރަށްވުރެ ރަނގަޅު: މަބްރޫކް

މަބްރޫކް ޢަޒީޒު. ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިޤްތިޞާދީ ޙާލަތާ ގުޅޭގޮތުންނާއި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކާއި މަޝްރޫޢުތަކާ ގުޅޭ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން މުޙައްމަދު މަބްރޫކް ޢަޒީޒް މީޑިޔާއަށް ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ޕްރެސްކޮންފަރެންސް ކުރިޔަށްގެންގޮސްފައި ވަނީ ވަރޗުއަލް ކޮށެވެ.

މި ޕްރެސް ކޮންފަރެންސް ފައްޓަވަމުން މަބްރޫކް ވަނީ މިވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ އިޤްތިޞާދީ ހާލަތު އޮތްގޮތުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ. އެ ގޮތުން ނިމިދިޔަ 2020 ވަނަ އަހަރަކީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖެއާ އަދި މުޅި ދުނިޔެއަށް ކުރިމަތިވި ދަތިއުނދަގޫ ޙާލަތާއެކު މިއިން ޒަމާނަކުވެސް ރާއްޖެ ތަޙައްމަލު ނުކުރާހާ މިންވަރަށް އިޤްތިޞާދީގޮތުން ދަތި ޙާލަތެއް ތަޙައްމަލުކުރަން ޖެހުނު އަހަރެއްކަން މަބްރޫކް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދު 26 އިންސައްތައާ 29 އިންސައްތަ އާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔަކަމަށާއި ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓަރ ނިންމާލިއިރު، ރާއްޖެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަންނަން ފަށާފައިވާކަން މަބްރޫކް ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެނދުގެ 80 އިންސައްތަ އޮޕަރޭޝަނަލައިޒްވެފައި ވާކަމަށާއި އެހެންކަމުން މި އަހަރުގެ ދެވަނަ ކުއާޓަރގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތައް އަންނަން ފަށާނެކަމަށް ބެލެވޭކަމުގައި މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންގެންދާ ޤައުމީ މަސައްކަތްތަކުގެ ތަފްޞީލުތައް ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ގެ ދެވަނަ ޑޯޒް އެޕްރީލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން ދޭން ފަށާނެކަމަށާއި އެއާއެކު އެޕްރީލް އަދި މެއި މަސް ނިމޭއިރު އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ ދެ ޑޯޒް ވެކްސިން ފުރިހަމަ ކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ.

ތަރައްޤީގެ މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ހާމަކުރައްވަމުން މަބްރޫކް ވިދާޅުވީ ފާއިތުވި 2 އަހަރަކީ ރާއްޖޭގައި މީގެ ކުރިން އެއްވެސް ސަރުކާރަކުން ނުހިންގާހާ ގިނަ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްގެންދިޔަ ދެ އަހަރު ކަމަށާއި އަދި މި ވަގުތަކީ އެންމެ ގިނަ މަޝްރޫޢު ކުރިޔަށްދާ ވަގުތުކަމަށެވެ. އެގޮތުން މިހާރުވެސް މި ސަރުކާރުގެ ޖުމްލަ 1200 އަށްވުރެ ގިނަ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާކަމަށާއި ފާއިތުވި މަސްދުވަހުގައި 9 މަޝްރޫޢެއް ނިމި 7 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ފެށިފައިވާކަމުގައެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްތަކުގެ އެކްސްޓެންޝަން، ފެރީ ޓާރމިނަލްތައް މަރާމާތުކުރުމާއި ބަނދަރުތަކާއި ޖިމްތައް ހެދުންފަދަ މަޝްރޫއުތައް ހިމެނޭކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެތައް ޒަމާނެއްވެ ފުނިޖެހި ނެގޭނެ ގޮތެއް ނެތިފައިހުރި ކުނިތައް ނެގުމުގެ މަޝްރޫޢެއް ފެށިގެން ކުރިޔަށްދާކަންވެސް މަބްރޫކް ފާހަގަކުރެއްވިއެވެ. ރަށްރަށުގެ ކުނިނައްތާލުމުގެ ނިޒާމަށް ރަނގަޅު ބަދަލެއް ގެނައުމަށް ކުރެވޭ މި މަސައްކަތުގެ ދަށުން 8 ރަށެއްގެ މަސައްކަތް ނިމި 6 ރަށެއްގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި އަދި އިތުރު 6 ރަށެއްގެ މަސައްކަތް ކުރިޔަށްގެންދިއުމަށް ރޭވިފައިވާކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި މަބްރޫކްވަނީ ސަރުކާރުގެ އެކިއެކި މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: