ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ޖަހަން ފަށަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ޖަހަން ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ކޯވިޑް-19 ގެ 5500 ޑޯޒްގެ ފައިޒަރ ވެކްސިން މިހާރު ލިބިފައިވާ ކަމަށާއި މި ވެކްސިނަކީ ފިނިހޫނުމިން 70 -ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މިވެކްސިން މައިގަޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ.

ފައިޒަރ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ޚާއްޞަ ޙާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަންޏެވެ.

މިގޮތުން މި ވެކްސިން ދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަޑުގެ ދިފާޢީ ނިޒާމް ދަށްވެފައިވާ ވަކި ހާއްސަ ހާލަތްތަކުގެ މީހުންނަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ (އޯގަން ޓްރާންސް ޕްލާންޓް ހަދާފައިވާ) މީހުންނާއި، ޑަޔަލިސިސް ގަވައިދުން ހަދަމުންދާ މީހުންނާއި، ކެންސަރު ބަލީގެ މީހުންގެ ތެރެއިން ކީމޯތެރަޕީ ނުވަތަ ރޭޑިއޯތެރަޕީގެ ފަރުވާލިބެމުންދާ މީހުންނާއި، އިމިއުނޯސަޕްރެންޓް ނުވަތަ ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާފަދަ ބޭސްތައް ބޭނުންކުރާ މީހުންނާއި ދިގުމުއްދަތަށް ސްޓެރޮއިޑްގެ ބާވަތްތައް ބޭނުންކުރާ މީހުންނެވެ.

ފައިޒަރ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17
އަހަރުގެ ކުދިންގެ ތެރެއިން ބަލި ހާއްސަ ޙާލަތްތަކުގެ ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ވަނީ ފައިޒަރ ވެކްސިން ލިބިގަތުމަށްޓަކައި j5jdehrz/com.tinyurl://https ލިންކުން ރަޖިސްޓަރ ކުރުމަށް އަންގާފައެވެ. މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓަރވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެން ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: