ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުރާ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 111 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކ.ހުރާ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 111 އަށް އަރައިފިއެވެ.

ހުރާ އިން ފުރަތަމަ ޕޮޒިޓިވްވީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު މާލެއަށް ޑޮކްޓަރަށް ދެއްކުމަށް ފޮނުވާލި ބަލި މީހެކެވެ.

އެމީހާ ބައްޔަށް ޕޮޒިޓިވްވުމާ ގުޅިގެން ހުރާ މޮނީޓަރިން ހާލަތަށް ވަނީ ގެނެސްފައެވެ.

އެ ކޭސްއާ ގުޅިގެން ހުރާގެ ހެލްތް ސެންޓަރު ދަނީ ކޮންޓެކްޓް ޓްރޭސިން އަދި ރެންޑަމް ސާމްޕަލްތައް ވެސް ރަށު ތެރެއިން ނަގަމުންނެވެ.

ހުރާ ހެލްތު ސެންޓަރުން ބުނީ މިރޭގެ 10:00 އާއި ހަމައަށް އިތުރު 7 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އެއާއެކު ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 111 އަށް އަރާފައިވާ ކަމަށެވެ.

އަދި ނަތީޖާ ނުލިބޭ 125 ސާމްޕަލް އެބައޮތް ކަމަށްވެސް ހެލްތު ސެންޓަރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: