ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީގެ މަރުގެ މައްސަލަ: ދެ މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި

ޝެއާރކޮށްލާ ކަހަލަދޯ؟

މަރާލުމަށް ފަހު ހިތަދޫ އަލަ އޮޅަކަށް އެއްލާލާފައި އޮތް ސ. ހިތަދޫ ބުރުނީގެ، އަލީ އަބްދުﷲ ގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހެއްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އެގޮތުން ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފައިވަނީ ސ. ހިތަދޫ އަތަމާވިލާ، މައޫޒު މުހައްމަދާއި، އެ ރަށު އައްޒާ، މުބާރިކު މުހައްމަދުގެ މައްޗަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހިތަދޫ ސްކޫލް އިރުއުތުރު ފަރާތު ކަންމައްޗާ ދިމާލަށް އަލީ އަބްދުﷲ ގެންގޮސްދިނުމަށް މި މައްސަލައިގައި ދެން ދައުވާ އުފުލާފައިވާ މުހައްމަދު ޝިފާޒު ގާތު މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ސ.ހިތަދޫ، ހެޕީފިއުޗަރ، އަހުމަދު އިބްރާހިމް ދީދީ ބުނެފައިވާ ކަމަށެވެ.

އެގޮތުން އަލީ އެ ސަރަހައްދަށް ގެންގޮސްދިނުމުން އަހުމަދު އިބްރާހިމް ދީދީ އާއި މުބާރިކް އަލީ ދުއްވާފައިދިޔަ ސައިކަލުން ވައްޓާލުމަށްފަހު، އަހުމަދު އިބްރާހިމް ދީދީ ވާފަށަކުން އަލީގެ ކަރުގައި އޮޅާލުމަށްފަހު އެ ވާފަށް އަލީގެ ކަރަށް ބާރުކޮށްގެން އަލީ މަރާލި ކަމަށް ހުކުމުގައި ބުނެފައިވެއެވެ.

ނަމަވެސް އެ ދެ މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި ވަނީ ހުކުމްކޮށްފައެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: