ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދައަށް ޔާމީން ގެއަށް ބަދަލުކޮށްދޭން ވަހީދު އެދިވަޑައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް ރޯދަ މަހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރޭ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ވަހީދު ވިދާޅުވީ ޔާމީން ނުހައްގުން ބަންދުކުރެވި ޖަލުގައި އޮންނަވަައި އެއް ރޯދަ މަސް ނިމި އަނެއް ރޯދަމަހާ ކުރިމަތިލާން ތައްޔާރުވަމުންދާ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑު އުއްމީދު ކުރަން މި ސަރުކާރުގެ އެއްވެސް ކަހަލަ އޯގާތެރިކަމެއް، އިހުސާންތެރިކަމެއް ހުރިކަމަށްވާނަމަ އެމަނިކުފާނު މި ރޯދަ މަހު ގެއަށް ފޮނުއްވައިދެއްވާނެ ކަމަށް” ވަހީދު ވިދާޅުވިއެވެ.

ލީޑަޝިޕްގައި ތިއްބެވި ބައެއް ބޭފުޅުން ވެސް މީގެކުރިން ވަނީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: