ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދައާއެކު ދާއިރާއަށް މެމްބަރުން ކުރާ ދަތުރުތައް ރަސްމީ ކޮށްފި

ރައްޔިތުންގެ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ އިދާރާގެ ހުއްދައާއެކު މެމްބަރުން ދާއިރާތަކަށް ކުރައްވާ ދަތުރުތަކަކީ ރަސްމީ މަސައްކަތުގެ ގޮތުގައި ހަމަޖައްސައިފިއެވެ.

މަޖިލީހުގެ އާންމު ކޮމިޓީން މިގޮތަށް ހަމަޖައްސާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކޮމިޓީއަށް ހުށަހެޅި މައްސަލައެއް ދިރާސާކުރެއްވުމަށް ފަހުއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެސް މެންބަރަކު، އެ މެންބަރެއްގެ ދާއިރާއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާނަމަ ލިޔުމަކުން މަޖިލީހުގެ އިދާރައަށް ހުށަހަޅަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި މިގޮތަށް މެމްބަރުން ދާއިރާއަށް ދަތުރުކުރެއްވުމުން މަޖިލީހުގެ ޖަލްސާގެ ހާޒިރީއާއި ކޮމިޓީ ހާޒިރީގައި އެ މެމްބަރަކު ރަސްމީ ދަތުރެއްގައި ހުންނެވިކަން އިނގޭގޮތަށް ޖަހަންޖެހޭނެކަމަށް އާންމު ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: