ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަލްމާން މިސްކިތް ރޯދައަށް ހުޅުވިގެން ނުދިޔުމަކީ ދެރަކަމެއް: ޒައިދު

ޝެއިޚު އަލީ ޒައިދު..... ފޮޓޯ: މީސް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސައުދީ ސަރުކާރުގެ އެހީގައި އިމާރާތް ކުރަމުންދާ ކިންގް ސަލްމާން މިސްކިތް ރޯދައަށް ހުޅުވިގެން ނުދިޔުމަކީ ދެރަކަމެއް ކަަމަށް ދީނީ ޢިލްމުވެރިޔާ އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

”އަވަސް“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ ވިދާޅުވީ މި ރޯދަ މަހަށް ވެސް މިސްކިތް ނުހުޅުވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މިސްކިތުގައި އަދިވެސް ފުރިހަމަ ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާ އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެން ކަމުން މުޅި މިސްކިތް ފުރިހަމަކޮށްގެން މި ރޯދަ މަހަށް ނުހުޅުވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިން ސަރުކާރުން ޖެނުއަރީގެ ނިޔަލަށް ނިމޭނެ ކަމަށް ބުނި ކަމަށާއި ދެން ބުނީ ރޯދަމަހަށް ނިމޭނެ ކަމަށް ކަމަށެވެ.

”ދެން މިހާރު ރޯދައަށްވެސް ނުހުޅުވޭނަމަ މިއީ ވ ދެރަކަމެއް! އެތައް ތާރީޚުތަކެއް އެބަފެނޭ މީގައި! ރޯދައަށް ހުޅުވުމަކީ ވ ބޮޑު އިންތިޒާރެއް!“ ޒައިދު ވިދާޅުވިއެވެ.

ސަލްމާން މިސްކިތް މި އަންނަ ރޯދަ މަހު ބޭނުން ކުރަން ފެށޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: