ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދު ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންގެ ދެވަނަ ޑޯޒް ޖައްސަވައިފިއެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ ނަޝީދު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިއަދު ޖައްސަވާފައިވާ ކަމަށެވެ. ނަޝީދު ދެވަނަ ޑޯޒް ޖެއްސެވީ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުންނެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 2016 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާއިރު، ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 3737 އަށް އަރާފައެވެ.

ކޮވިޑް ވެކްސިން، ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ ހޮނިހިރު ދުވަހު އެވެ.

މިހާރުވެސް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކުރިއަށް ގެންދެއެވެ. އެގޮތުން އިއްޔެ 3147 މީހަކަށް ފުރަތަމަ ޑޯޒް ދީފައިވެއެވެ. މިހާތަނަށް ރާއްޖެއިން 246،896 މީހަކަށް ވެކްސިން ދީފައިވެެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: