ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާފައިވާ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނަށް އަންނަ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރެވޭނެ ކަމަށް ސައުދީ އަރަބިއްޔާ ސަރުކާރުން ބުނެފިއެވެ.

ހައްޖާއި އުމްރާއާއި ގުޅޭ ކަންކަން ކުރާ ސައުދީ އަރަބިއްޔާގެ މިނިސްޓްރީން  ނެރުނު ބަޔާނެއްގައި ވިދާޅުވީ ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ރަމަޟާން މަހު އުމްރާގެ އަޅުކަން ފުރިހަމަ ކުރުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށެވެ.

އުމްރާގެ އަޅުކަން ފުރިހަމަ ކުރަން ބޭނުންވާ ފަރާތްތަކުން ޖެހޭނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ތައާރަފް ކޮށްފައިވާ ފޯން އެޕްލިކޭޝަނެއް ކަމަށްވާ “ތަވައްކަލްނާ” ނަމަކަށް ކިޔާ އެޕްލިކޭޝަނެއް މެދުވެރިކޮށް ރަޖިސްޓްރީ ވާށެވެ.

ރަޖިސްޓްރީވާ ފަރާތް ވާންޖެހޭނީ ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސް ވެފައިވާ މީހަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: