ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް މެމްބަރުންނަށް އިންޝިއުރަންސް ދޭނެ ބަޔަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޝިއުރަންސް ޚިދުމަތްދޭނެ ބަޔަކު ހޯދަން އިޢުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައިވަނީ މަޖިލީހުގެ އިދާރާއިން އެދިގެން މަޖިލީހުގެ މެންބަރުންނާއި، ކުރިންމެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް މަޖިލީހުގެ މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތްދޭނެ ބަޔަކު ހޯދަން ބޭނުންވާކަމަށެވެ.

ޝަރުތު ހަމަވާ ފަރާތްތަަކށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެއެވެ. އަދި މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންް (އެންސީބީ) އުސޫލަށްކަމަށްވެސް ފިނޭންސްގެ އިޢުލާންގައިވެއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ބައި ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެކަމަށާއި، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސްކަމަށްވެސް އިޢުލާންގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: