ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

12 ސިއްހީ މަރުކަޒެއް ހޮސްޕިޓަލަށް ބަދަލުކުރާނަން: މިނިސްޓަރު ނަސީމް

ޝެއާރކޮށްލާ ކަހަލަދޯ؟

12 ރަށެއްގެ ސިއްހީ މަރުކަޒު އިތުރު ހިދުމަތްތަކާ އެކު ހޮސްޕިޓަލު ފެންވަރަށް ބަދަލުކުރައްވާނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ސިއްހަތުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނަސީމް ދެއްވި ހިތާބުގައި ވަނީ މި ސަރުކާރުން އަތޮޅުތެރެއަށް އަމާޒުކޮށްގެން ހިންގާ ސިއްހީ ދާއިރާގެ މަޝްރޫއު ތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާގައި މިހާތަނަށް ދެކެފައިނުވާފަދަ އިންޤިލާބީ ކުރިއެރުންތަކެއް މިސަރުކާރުން ގެނެސްފައިވާކަމަށެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މާލެއާ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބެންހުރި ޞިއްޙީ ޚިދުމަތްތަކުގެ ތަފާތުތައް ކުޑަކޮށް ޞިއްހީ ފަރުވާއަށް މާލެއައުމަށް ބަރޯސާވާންޖެހޭ މިންވަރު މަދުކުރުންކަމަށެވެ.

އެގޮތުން އެންމެ އުއްމީދީ ބަދަލުތައް ގޮތުގައި ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި، އަތޮޅުތެރޭގެ ސަރަހައްދީ 5 ހަސްފަތާލުގެ “އޮޕްޓިމައިޒޭޝަން” މަޝްރޫއުގެދަށުން، މި ހަސްފަތާލުތަކުގައި މުޅިން އަލަށް ފަށާ ހާއްސަ ފަރުވާގެ ހިދުމަތްތަކާ، ތަހުލީލުކުރުމުގެ ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމާ އިންސާނީ ވަސީލަތްތައް އިތުރުކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: