ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރަފުއްދީންގެ ބައެއް ދަރިވަރުން ހޯމް އައިސޮލޭޝަނަށް

ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ އައްޑޫ ސިޓީ ހިތަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ދިމާވެ ޝަރަފުއްދީން ސްކޫލްގެ ބައެއް ދަރިވަރުން ހޯމް އައިސޮލޭޝަނުގައި ތިބެން އަންގައިފިއެވެ.

ޝަރަފުއްދީން ސްކޫލުން ބުނީ އިއްޔެ ކޮވިޑަށް އައްޑޫ އިން ޕޮޒިޓިވްވި މީހާ ކަރަންޓީނު ގަވާއިދާ ހިލާފަށް އާންމު މީހުން ގޮސް އުޅޭ ތަންތަނަށް ދިޔުމުގެ ތެރޭގައި އެ ސްކޫލްގެ ބައެއް ދަރިވަރުންނާއި ކޮމިއުނިޓީ ތެރެއިން ދިމާވެފައިވާތީވެ، އައްޑޫ ހޮސްޕިޓަލުގެ ލަފަޔާއި އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ގޭގައި އެ ދަރިވަރުން ހޯމް އައިސޮލޭޝަނުގައި މަޑުކުރުމަށް އަންގާފައިވާނެ ކަމަށެވެ.

އަދި އިއްޔެގެ ޕޮޒިޓިވްވި ކޭސް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް އައްޑޫ ހޮސްޕިޓަލުގެ ފަރާތުން ކުރިއަށްގެންދާކަން އެ ހޮސްޕިޓަލުގެ ފަރާތުން އަންގާފައިވާ ކަމަށްވެސް އެ ސްކޫލުން ބުނެއެވެ.

އެގޮތުން އެއްވެސް ފަރާތެއް އެއީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ކަނޑައެޅުމުގައި ގޮތެއް ނިންމާނީ އެޗްޕީއޭ އިން އެތަނުގެ މިންގަނޑުތަކާއި އެއްގޮތަށް އެސެސްމެންޓެއް ހެދުމަށްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: