ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާމިގިލީ ދާއިރާގައި ގާސިމަށް އޮތް ތާއީދު ކުޑައެއް ނުވާނެ: ސައުދު

ޝެއާރކޮށްލާ ކަހަލަދޯ؟

އދ. މާމިގިލީގައި ގާސިމް އިބްރާހީމަށް އޮތް ތާއީދަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ނާއިބު ރައީސް އަޙުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވެފައި މިވަނީ ”ބޮޑެތި ޖަރީމާ ތަކެއް ފަޅާއެރުމުން މާމިގިލީ ރައްޔިތުން ރަތަށް“ މި ސުރުޚީގެ ދަށުން އޮންލައިން ނޫހެއްގައި ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ.

އެލިޔުމުގައި ބުނެފައިވަނީ ގާސިމް މާމިގިއްޔަށް ވަޑައިގަންނަވާނީ އެމަނިކުފާނުގެ ވައުދުތައް ނުފުއްދަވައި ކަމަށެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ސަޢުދު ވިދާޅުވެފައިވަނީ މިހާރުވެސް އަދި މުސްތަގުބަލުގައި ވެސް ކަންކަން ކޮށްދެވޭނީ ކުރިން ވެސް ކަންކަން ކޮށްދެއްވައިފައި ތިބި މީހުންނަށް ކަމަށެވެ.

”ކަންކަން އަބަދުވެސް ކޮށްދީފައި ތިބި މީހުން މިހާރުވެސް. އަދި މުސްތަގުބަލުގައި ވެސް ކަންކަން ކޮށްދެވޭނީ،“ ސައުދު ވިދާޅުވިއެވެ.

ގާސިމް އިބްރާހީމަކީ މާމިގިއްޔަށާއި އެދާއިރާއަށް ނުހަނު ޚިދުމަތްތެރި ބޭފުޅެކެވެ. އަދި ކަންކަން ކޮށްދެއްވައިފައިވާ އަދި މީހާރުވެސް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ. އެހެން ކަމުން ދައްކާ ވާހަކައަކުން ލިޔެލާ ލިޔުމަކުން ގާސިމަށް އޮތް ތާއީދަށް އަސަރެއް ނުކުރާނެ ކަމަށް ސައުދު ވިދާޅުވެފައިވެއެވެ.

”ކިތަންމެ ވަރަކަށް ގާސިމް އާއި ދެކޮޅަށް ހަގީގަތް އޮޅުވާލަން އުޅުނަސް ތިޔަކަމެއް ނުވާނެ. މާމިގިލީ ދާއިރާގައި ގާސިމަށް އޮތް ތާއީދު ތިޔަހެން އޮޅުވާލަން ލިޔާ ލިޔުމަކުން އަސަރެއް ނުކުރާނެ،“ ސައުދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: