ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށެއް ނުކުރަން، ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނަން: ޔާމީން

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރިކަމުގެ ދައުވާއަށް ރައީސް ޔާމީން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުން/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމަނިކުފާނަށް މިހާރު ދެމުން އެދަނީ “ހަގީގީ އަނިޔާ” ކަމަށާއި ބޭއިންސާފުގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޔައްޔޫމް ވިދާޅުވެއްޖެ އެވެ.

ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.

އެ މެސެޖުގައި ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގެ ޒަޢާމަތާ ޙަވާލުވެވަޑައިގެން ރާއްޖޭގެ އިޤުތިޞާދު ކޮޅަށް ޖައްސަވައި، ޤައުމީ މަޞްލަޙަތާ ގުޅުންހުރި ޙައްލުކުރެވޭނެ ކަމުގައި ކުރިން ޤަބޫލުކުރެވިފައި ނެތް މައްސަލަތައް ޙައްލުކުރެއްވި ކަމަށެވެ.

އަދި މި ކަންކަން ކޮށްދެއްވުމުގެ ނަތީޖާއަކަށްވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި، އެ ފަރާތްތަކަށް ވާގިވެރިވާ ބޭރުގެ ފަރާތްތައް ގުޅިގެން އެމަނިކުފާނު ޖަލަށްލުން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ބަވަނަ ވެފައިވާ ކުޑަ ޖަޒީރާ ގައުމަކަށް ދުނިޔޭގައި ހަމައިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެންކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގަބޫލުކުރެއްވި ކަމަށާއި އެ ދަތުރު ފެށީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

އެގޮތުން ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީ ކަމަށާއި އަދި އެ ފިކުރުގެ ރައްޔިތުންގެ ހަށީގައި ލޭ ހިނގާހާ ދުވަހަކު މި ޤައުމަށް ވާނެ ގޮތެއްވާން ދޫކޮށްނުލާނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުންނާ ދުރުގައި މާ އެކަހެރި ތަނެއްގައި އެމަނިކުފާނު ފޮރުވައިގެން ގެންގުޅެނީ ސިޔާސީ ވާދަވެރިންނާއި އެ ބޭފުޅުންނަށް ވާގިވެރިވާ ފަރާތްތައް އެ ފިކުރު ދެކެ ބިރުގަންނާތީ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: