ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެލިވަރު ކްލަސްޓާ: ޕޮޒިޓިވްވި މީހުންގެ އަދަދު 459 އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޅ.ފެލިވަރު ކްލަސްޓާއާ ގުޅުންހުރި 459 ކޭސް މިހާތަނަށް ފެނިފައިވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ ފެލިވަރު ކްލަސްޓާއާ ގުޅުންހުރި ކޭސްތައް ހަތް ރަށެއްގައި އެބަހުރި ކަމަށާއި މިވަގުތު އެ ކްލަސްޓާގައި ޖުމްލަ 459 ކޭސް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ކްލަސްޓާއާ ގުޅުންހުރި ކޭސްތައް މިވަގުތު ހުރީ ފެލިވަރު، ހދ.ކުޅުދުއްފުށި، ޅ.ނައިފަރު، ހިންނަވަރު، ހޮޅުދޫ، ކުރެންދޫ އަދި އޮޅުވެލިފުށީގައި ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މީގެއިތުރުން އެ ކްލަސްޓާއާ ގުޅުން ނެތް 100 ކޭސް ނައިފަރު އެބަހުރި ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

އަދި ކ.ދިއްފުށީގައި މިވަގުތު 114 ކޭސް އުޅޭއިރު، ކ.ހުރާގައި 161 ކޭސް އަދި އދ.މާމިނގިލީގައި 27 ކޭސް އުޅޭ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ. އެގޮތުން އިއްޔެ ވެސް މާމިނގިލިން 13 ކޭސް ފެނިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: