ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރިންސް ފިލިޕް އަވަހާރަވުމާ ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއް

ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ގެ ފިރިކަލުން ޕްރިންސް ފިލިޕް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ޕްރިންސް ފިލިޕް އަވަހާރަވެފައިވާކަން އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ޕްރިންސް ފިލިޕް އަވަހާރަވެފައިވަނީ އުމުރުފުޅުން 99 އަހަރުގައި ވިންޑްސަރ ކާރސަލްގައެވެ.

މިކަމާއި ގުޅިގެން ޓްވީޓް ކުރައްވަމުން ރައީސް ވަނީ، ރާނީ އެލިޒަބަތަށާއި، ޝާހީ އާއިލާއަށް އަދި އިނގިރޭސިވިލާތުގެ ހުރިހާ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ.

މީގެއިތުރުންވެސް، ޕްރިންސް ފިލިޕް އަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ދެއްކެވި ބޭފުޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި، 1972 ވަނަ އަހަރު ރާނީގެ އަރިހުގައި ޕްރިންސް ފިލިޕް ދިވެހިރާއްޖެއަށް ކުރެއްވި ޒިޔާރަތް މިވަގުތު ދިވެހިން ހަނދުމަ ކުރާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: