ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބުގެ ވޯޓް ލުން ކުރިއަށް

ރިޔާސީ އިންތިހާބުގެ ވޯޓު ނަތީޖާ އިއުލާނު ކުރުމުގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓް ލުން ފަށައިފިއެވެ.

މިއަދު ހެނދުނު 07:00 ގައި ވޯޓް ލާން ފަށަން ތާވަލް ކޮށްފައި އޮތް ނަމަވެސް އަދި ގިނަ ސްޓޭޝަންތަކުގައި ވޯޓް ލާން ފަށާފައެއް ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރަތްމަންދޫ އަދި ތިނަދޫގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން އަންނަން ޖެހިފައިވާތީ، އެ ދެރަށުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:30ން ހަވީރު 5:00ށް ކަމަށެވެ.

ތ.ވިލުފުށީގައި ބަހައްޓާ ދެ ވޯޓު ފޮށީގެ ގިނަ އޮފިޝަލުންތަކެއް ކަރަންޓީނުވާން ޖެހުމާއި ގުޅިގެން، މާލެއިން އޮފިޝަލުން ފޮނުވާ ގޮތަށް އީސީން ކުރިން ނިންމި ނަމަވެސް، މާލެއިން އޮފިޝަލުން ފޮނުވަން ނުޖެހި އެކަން ހަމަޖެހިފައިވާކަން އީސީން މިހާރު ވިދާޅުވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން އެކަހެރި ކޮށްފައިވާ ފަރާތްތަކަށް ވެސް ހަވީރު 17:00 އިން 18:00 އަށް ވޯޓް ލެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: