ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނަސް އަދި މުއިއްޒު ވޯޓު ލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެސިޓީ މޭޔަރުކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އެޕާޓީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވޯޓު ލައްވައިފިއެވެ.

މިހާރު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބަސް މާލެސިޓީގައި އެންމެ ވާދަވެރި ކެމްޕޭނެއް ކޮށްފައިވަނީ މޭލެސިޓީ މޭޔަރުގެ މަގާމަށެވެ.

މާލެ، ލަންކާ، އިންޑިއާ އަދި ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މިހާރު ވޯޓުލުން ކުރިއަށްދާ ކަމަށް އީސީގެ ރައިސް އަހުމަދު ޝަރީފް މައުލޫމާތުދެއްވައެވެ.

މި އިންތިހާބުގައި ޖުމުލަ 713 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. އެއީ މާލޭގައި 242 ވޯޓު ފޮށްޓާއި، އަތޮޅުތަކުގައި 325 ވޯޓު ފޮށްޓާއި، ރިސޯޓްތަކުގައި 137 ވޯޓު ފޮށްޓާއި، ޖަލުގައި 4 ވޯޓު ފޮށީގެ އިތުރުން އިންޑިއާގައި ބެހެއްޓި ފޮށްޓާއި ލަންކާގައި ބެހެއްޓި 4 ފޮށްޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،182 މީހުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: