ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

17 އިންސައްތަ މީހުން ވޯޓްލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 17 އިންސައްތަ މީހުން ބޯޓްލައިފިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، 10:45 ވީއިރު ވޯޓު ލީ އެންމެ 17 ޕަސެންޓް މީހުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މިއީ ކުރީގެ އިންތިހާބުތަކާ އަޅާބަލާއިރު މަދު އަދަދެއް ކަމަށެވެ. މި ނިސްބަތުން ބަލާއިރު އަންދާޒާކުރެވެނީ ވޯޓު ލާނީ 38 ނުވަތަ 40 ޕަސެންޓް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް މެންދުރުފަހު ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަސް ގަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އޮފިޝަލުން ނެތިގެން ވޯޓުލުން ނުފެށުނު ވިލުފުށީގައި ވެސް މިހާރު ވޯޓުލާން ތައްޔާރުވެ ކިއޫ ހަދާފައިވާ ކަމަށެވެ. އެހެންވެ އެ ރަށުގައި ވެސް ދެން މައްސަލައެއް ނެތި ވޯޓުލުން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: