ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީގެ މެޖޯރިޓީ ޕީޕީއެމް އަށް

ޕީޕީއެމްއިން ބޭއްވި ޖަލްސާގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް އިން ހޯދައިފިއެވެ.

އެގޮތުން މާލޭގެ މޭޔަރު ކަމަށް އެމްޑީޕީގެ ކުރީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތަރާއި ވާދަކޮށް އިންތިހާބުވީ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު އެވެ. އަނަސް ވަނީ ބަލި ގަބޫލުކޮށް މުއިއްޒަށް މަރުހަބާ ވެސް މިހާރު ވިދާޅުވެފައެވެ.

މާލޭ ސިޓީ ކައުންސިލްގެ އަނެއް 18 ގޮނޑި އަށް ބަލާއިރު 9 ގޮނޑި ޕީޕީއެމް އަށް މިހާރު ވަނީ ކަށަވަރުވެފައެވެ. އެމްޑީޕީ އަށް ކަށަވަރުވެފައިވަނީ ހަތް ގޮނޑިއެވެ.

މިއީ ފާއިތުވި 11 އަހަރުތެރޭ އެމްޑީޕީ އަށް މާލެ އިން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުނު ފުރަތަމަ ފަހަރެވެ.

މާލޭގެ އިތުރުން ދެން އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ ވެސް އެމްޑީޕީ އަށް މިހާރު ވަނީ ގެއްލިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: