ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަހަށް ޚާއްޞަކޮށް މަރަކާ ޕެޝަންފުރުޓް ޖޫހުގެ އާޝިޕްމަންޓެއް

ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދިވެހިންގެ ތެރޭގައި މަޤުބޫލުވަމުން އަންނަ މަރަކާ ޖޫހަކީ ތަފާތު ޖޫހެކެވެ. ރަހައިގެ ގޮތުން އެއްވަނަ އެވެ. މިހާރު ރާއްޖޭގައި ވިކެމުންދާތާ އަހަރަކަށްވުރެ ގިނަދުވަސްވެފައިވާ މިޖޫސް ރާއްޖޭގެ އެކި ހިސާބުތަކުން ލިބެން ހުންނައިރު، މި ޖޫސް އެކްސްކްލޫސިވްކޮށް ރާއްޖެ އެތެރެކޮށް ވިއްކަމުން ދަނީ ވީ.އޭ.ވީ ޕްރައިވެޓް ލިމިޓެޑުންނެވެ.

މަރަކާ ޖޫހަކީ އިންޑިއާގެ ކެރަލާގެ ދަނޑުތަކުން ހައްދާ މޭވާ ބޭނުން ކޮށްގެން އުފައްދާފައިވާ ރަހަމީރު ހައްޓަށް އެތަށްފައިދާތަކެއް ލިއްބައިދޭ ޖޫހެކެވެ. ބާޒާރުގައި ޕެޝަންފްރުޓް ޖޫހުގެ ނަމުގައި ލިބެންހުންނަ ގިނަޖޫސްތަކަކީ އާރޓިފިޝަލް މާއްދާތަކާއި ރަހަތައް ބޭނުންކޮށްގެން އުފައްދާފައިވާ ޖޫސްތަކެވެ. މިއާ ޚިލާފަށް މަރަކާ ޖޫހުގައި ހިމެނެނީ މުޅިންވެސް އަސްލު ޕެޝަންފުރުޓްގެ ޕަލްޕެވެ. އެހެންކަމުން ޤުދުރަތީގޮތުން މޭވާގައި ހިމެނޭ މާއްދާތައް ކަމަށްވާ، ވިޓަމިން ސީ، ވިޓަމިން އޭ އަދި ފައިބަރ މިޖޫހުގައި ހިމެނެއެވެ. އެހެންކަމުން މި ޕެޝަންފްރުޓް ޖޫހަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކޮށްދޭ ޖޫހެއްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ. މި ސަބަބުތަކަށްޓަކައި މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު މަޤުބޫލުކަން ހޯދަމުން އަންނަ ޖޫހެކެވެ.

މަރަކާއިން އަންނަނީ މި ޖޫހުގެ މަޤުބޫލުކަން ބޮޑުވަމުން އަންނަ އައުމާއެކު ޕްރޮޑަކްޓްތަކުގެ ކޮލެޓީ ވެސް ހިފަހައްޓަމުންނެވެ. އަސްލު ޕެޝަންފުރުޓްގެ ރަހަ ހިފެހެއްޓިފައި ހުރުމުގެ އިތުރުން، ތައްޔާރުކުރުމުގައި ގެންގުޅެވޭ މިންގަޑުތަކުގެ ސަބަބުން އެހެން ގިނަ ޖޫސްތަކާއި ޚިލާފަށް ރަހައަށް ބަދަލެއް ނާދެއެވެ.

މިއީ އޯގެނިކް އަދި ޤުދުރަތީ މޭވާއިން އުފައްދާފައިވާ ބުއިމަކަށްވާތީ، ޕެޝަންފުރުޓް ފަނީގެ ގޮތުގައި ބޭނުންކުރެވިދާނެ ޕްރޮޑަކްޓެކެވެ. ފެނާއި އެއްކޮށްލުމުން ރޯދަވީއްލުމަށް ފަނިތައްޓެއް ގިރާލެވުނީއެވެ. އެހެންކަމުން މިއީ ބުރަކޮށް އުޅުއްވާ ބޭފުޅުންނަށް ވަރަށްކަމުދާނެ ޕްރޮޑަކްޓެކެވެ. ފަނީގެ އިތުރުން މިހާރު ދިވެހިންގެ މެދުގައި މަޤުބޫލުވަމުން އަންނަ މޮހީޓޯ ތައްޔާރު ކޮށްލެވުމަށްވެސް މަރަކާ ޕެޝަންފުރުޓް ޖޫސް ވަރަށް ކަމުދާނެއެވެ.

މަރަކާ ޕެޝަން ފްރުޓް ޖޫހުގެ ފަސް ސައިޒެއް މިވަގުތު ބާޒާރުން ލިބެން އެބަހުއްޓެވެ. އެއީ 500 އެމް.އެލް ފުޅި، 750 އެމް.އެލް ފުޅި 1 ލީޓަރ ފުޅި، 2.6 ކިލޯގެ އިތުރުން، 6 ކިލޯގެ ހަމެވެ. މީގެ ތެރެއިންވެސް، 2.6 ކިލޯ އަދި 6 ކިލޯގެ މަރަކާ ބްރޭންޑްގެޕެޝަންފުރުޓް ސްކޮއަޝް، ތަޢާރަފް ކުރެވިފައި ވަނީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށާއި، ގެސްޓްހައުސް، ރިސޯޓްތައް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ޚާއްޞަކުރެވިގެންނެވެ. މި ޕްރޮޑަކްޓްތައް ވާނީ އެތައް ބައިވަރު މީހުންނަށް އެއްފަހަރާ ގިރާލަންވެސް އެއްވަނައިގެ ޕްރޮޑަކްޓަކަކަށެވެ. އެހެންކަމުން މިއީ ޕާޓީތަކަށާއި، އިވެންޓްތަކަށް އަދި ވަކިން ހާއްސަކޮށް ކޭޓްރިންއަށް ބޭނުން ކުރެވިދާނެ މީރު ޕްރޮޑަކްޓްތަކެކެވެ.

މަރަކާ ޕެޝަންފުރުޓް ޖޫސް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުރި ފިހާރަތައް

ވީ.އޭ.ވީ ޓްރޭޑިންގ ޕޮއިންޓް، 7447777

ބޮޓަނީ ފްރެޝް، 9458811

ފްރުޓް އެންޑް ވެޖް ގާޑެން، 7951010

އެކި މަރުކާ، 7344040

ބާޒާރު ވީ.އޭ.ވީ، 7641001

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: