ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ނޫން ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަންނާނީ ކައުންސިލުން!

އިސްލާމިކް އެފެއާޒް.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްރަށުގައި ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އިން ކުރި އިއުލާނުގައިވަނީ ގްރޭޓަރ މާލެ ފިޔަވައި ބާކީހުރި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކުން މިއިންތިޒާމް ހަމަޖެއްސިނަމަވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ފިތުރު ޒަޔާތް ދައްކަން ޖެހޭނީ އޮންލައިންކޮށްކަމަށެވެ. މިިގޮތުން ދިރާގު ޕޭ ވެބްސައިޓު، ނައު އެމްވީ އެޕްލިކޭޝަން އަދި އެސްއެމްއެސް، އުރީދޫ އެމް ފައިސާ އެޕްލިކޭޝަން، އަދި އެސްއެމްއެސް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެކަަމަށް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.

ފިތުރު ޒަކާތުގެ ގޮވާމުގެ އަގުތަކަކީ އާދައިގެ ހަނޑޫ 12 ރުފިޔާ، ތައިލެންޑް ހުދު ހަނޑޫ 52 ރުފިޔާ، ބާސްމަތީ ހަނޑޫ (އާދައިގެ) 65 ރުފިޔާ، ބާސްމަތީ ހަނޑޫ (މޮޅު): 89 ރުފިޔާ، ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 125 ރުފިޔާ، ރަތް ހަނޑޫ 78 ރުފިޔާ، އާދައިގެ ފުށް 10 ރުފިޔާ އަދި އާޓާ ފުށް 59 ރުފިޔާއެވެ.

މީގެއިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފައިސާނެޓް އެޕްލިކޭޝަންގެ އިތުރުން މެއިން ބްރާންޗު އަދި ހުޅުމާލެ ބްރާންޗުގެ ކައުންޓަރުތަކުން ވެސް ޒަކާތް ބަލައިގަންނާނެއެވެ. އަދި ފަހިޕޭ އެޕްލިކޭޝަން އާއި ޕޯޓަލް އިން ވެސް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: