ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އަވަހާރަވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ކުޅިވަރު މިނިސްޓަރު އަދި ހަވީރު ނޫހުގެ ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސެއިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު މިއަދު އަވަހާރަވެއްޖެއެވެ.

ފަސްޓްލޭޑީ ފަޒްނާ އަހުމަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނާއިލާ އަވަހާރަވި ހަބަރު ލިބިވަޑައިގަތީ ފުންހިތާމައާ އެކު ކަމަށެވެ.

ނާއިލާއަކީ ގިނަ ފަރާތްތަކަކަށް އުނގަންނައި ދެއްވި މުދައްރިސެކެވެ. އޭނާގެ ފަރާތުން ދަރިވަރުވެފައިވާ މީހުން މިހާރު ރާއްޖޭގެ އެކި ދާއިރާ ތަކުގައި ހަރަކާތްތެރިވަމުން ދެއެވެ.

ކިޔަވައިދިނުމުގެ އިތުރުން، ނާއިލާ އަކީ މޮޅު ކެއްކުންތެރިއެކެވެ. އެގޮތުން އޭނާ ވަނީ ކެއްކުމާ ބެހޭ ފޮތް ލިޔެ، ނެރުއްވާފައެވެ. އޭގެތެރޭގައި “ޒީނާރު” ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: