ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ ފްރަންޓަލައިނަރުނަށް އެލަވެންސް ނުދޭތާ އެތައް މަހެއް!

އައިޖީއެމްއެޗްގެ މެޑިކަލް ފެސިލިޓީ/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 އާއި ދެކޮޅަށް ފްރަންޓްލައިނުގައި މަސައްކަތް ކުރާ ވޮލަންޓިއަރުންނަށް އެލަވެންސް ނުދޭތާ އެތައް މަހެއްވެފައިވާކަމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ބުނެފި އެވެ.

ކޮވިޑުގެ ތެރޭގައި ސާމްޕަލް ނެގުމުގެ މަސައްކަތްތަކާއި، ބަލި މީހުން ޓްރާންސްފާ ކުރުމުގެ އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަކި ހާއްސަ އެލަވެންސްއެއް ދޭނެކަމަށް ހާމަ ކުރީ ސަރުކާރުންނެވެ.

ފްރަންޓަލައިނުގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެއްބަސްވުމުގައިވާ ގޮތުން ދުވާލަކު ވަކި ގަޑިއިރުތަކެއް ވަންދެން މަސައްކަތް ކުރަންޖެހެ އެވެ. އެއްބަސްވުމުގައި މަސައްކަތަށް ވަކި އުޖޫރައެއް ލިބޭނެކަމަށް ބުނެފައިވީ ނަމަވެސް އެލަވެންސް ދޫނުކުރާތީ މީގެ ކުރިން ވެސް ފާޑުކިއުންތައް އަމާޒުވި އެވެ.

މައްސަލައިގައި ކަންބޮޑުވުންފާޅުކޮށް ހެލްތް ޔޫނިއަންއިން އާއްމު ކުރި ބަޔާނެއްގައި ބުނީ، މަސައްކަތުގެ ޒިންމާއެއް ހަވާލުކޮށްފައިވާ ކޮންމެ މީހަކަށް އެ ކަމެއްގެ އުޖޫރައެއް ހައްގުވާ ކަމަށެވެ.

މި ބަލިމަޑުކަމުގެ ތެރޭގައި ގިނަ ވޮލަންޓިއަރުންނަކީ ދުވާލަކު ދިހައެއް ނުވަތަ ހަ ގަޑިއިރު މަސައްކަތް ކުރާ ބައެއްކަން ފާހަގަކޮށް އެމްއެޗްޕީޔޫއިން ބުނެފައި ވަނީ ފްރަންޓުލައިނުގައި މަސައްކަތް ކުރާ ސްޓާފުންނަށް އެލަވެންސްއެއް ދޫކުރާނެކަމަށް ބުނީ ސަރުކާރުން ކަމަށެވެ.

މަސްތަކެއް ފާއިތުވެގެން ދިޔައިރު ވެސް އެތައް ސްޓާފަކަށް އެލަވެންސް ދޫކޮށްފައި ނުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ހެލްތް ޔޫނިއަންއިން ވަނީ ފާހަގަކޮށްފަ އެވެ.

ބައެއް ފްރަންޓްލައިނުގެ ބައެއް ސްޓާފުން އެކަމުގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައި ވެއެވެ. އެގޮތުން، ލެބުގައި މަސައްކުރާ ފަރާތަކުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބައެއް ރަށްތަކުގައި އެއްވެސް ގޮތަކަށް އެލަވެން ދޫކޮށްފައި ނުވާ ކަމަށެވެ. އަދި އައިޖީއެމްއެޗްގައި ކޮވިޑުގެ ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންނަށް އެލަވެންސް ނުދޭތާ 09 މަސް ވެފައިވާ ކަމަށެވެ.

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ އިތުރު ފަރާތަކުން ކުރި ޓްވީޓެއްގައި ބުނީ، އެލަވެންސް ދޫނުކުރާތީ ޓްވީޓު ކުރުމުން އޭނާ އޮފީހަށް ހާޒިރުކުރި ކަމަށެވެ.

ފްރަންޓްލައިނުގައި މަސައްކަތް ކުރާ ގިނަ ޒުވާނުންނަކީ ސާމްޕަލް ނެގުމުގެ މަސައްކަތްތަކާއި އެކު، ހެލްތް އިމަޖެންސީ އޮޕަރޭޝަނަސް ސެންޓަރުގެ ތެރޭގައި ވެސް މަސައްކަތް ކުރާ މީހުންނެވެ. އެއީ ދުވާލުގެ ގަޑިތަކުގައި ރަށްތަކުން ގެންނަ ސާމްޕަލް ކަލެކްޓު ކުރުމާއި، ބަލީގެ އަލާމާތްތަކާއި އެކު ރިޕޯޓު ކުރާ މީހުންގެ ގެއިން ސާމްޕަލް ނެގުމެވެ. އެއަށްފަހު އިރު އޮއްސި 07 އިން ފެށިގެން ރޭގަނޑުގެ ގަޑިތަކުގައި އެޗްއީއޯސީގެ ސެންޓަރުގައި މަސައްކަތް ކުރުމެވެ.

މައުލޫމާތު ލިބޭ ގޮތުން އެންމެ ފަހުން ފްރަންޓްލައިން އެލަވެންސް ބައެއް ސްޓާފުންނަށް ދޫކުރީ މިދިޔަ ޖޫން މަހާއި، އޮގަސްޓު މަހުގެ ތެރޭގަ އެވެ. އަދި އެއް ގްރޫޕެއްގައި މަސައްކަތް ކުރާ ސްޓާފުންނަށް ދިން އެލަވެންސްގެ އަދަދުގައި ބޮޑު ތަފާތެއް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: