ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާގެ 91 ޕަސެންޓް އިއުލާންކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވަގުތީ ނަތީޖާގެ މިހާތަނަށް 91 ޕަސެންޓް އިއުލާން ކުރެވިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައިފިއެވެ.

އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މިރޭވެސް ވަގުތީ ނަތީޖާގެ ބޮޑު ބައެއް އިއުލާން ކުރެވިގެންދާނެކަމަށެވެ.

އިލެކްޝަނުން ވަނީ މިއަދުގެ ނިޔަލަށް ވަގުތީ ނަތީޖާ އިއުލާން ކޮށް ނިންމޭނެ ކަމަށް ބުނެފައެވެ. އެގޮތުން މިރޭ އިން ފެށިގެން ނަތީޖާއަށް އިއުލާންކޮށް ނިންނުމަށް ކޮމިޝަނުން ދަނީ މަސައްކަތް ކުރަމުންްނެވެ.

މިހާތަނަށް އިއުލާން ކުރެވުނު ވަގުތީ ނަތީޖާތަކަށް ބަލާއިރު ލޯކަލް ކައުންސިލް އިންތިޚާބުގެ 91 ޕަސެންޓް ނަތީޖާއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ 86 ޕަސެންޓް ވަނީ އިއުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 75%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: