ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައިމޫނާ ދިރިއުޅުއްވާ ފްލެޓް ކައިރީ މުޒާހަރާ ކުރަނީ

މައިމޫނާ ދިރުއުޅުއްވާ ފްލެޓް ކައިރީ މުޒާހަރާ ކުރަނީ— ފޮޓޯ: ވޮއިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާ ދެކޮޅަށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދިރިއުޅުއްވާ ފްލެޓް ކައިރިއަށް ޒުވާނުންތަކެއް އެއްވެ މުޒާހަރާކުރަން ފަށައިފި އެވެ.

މިރޭ 10:00 ކަންހާއިރު މައިމޫނާ ދިރިއުޅުއްވާ ހުޅުމާލޭ ފްލެޓް ކައިރިއަށް ޒުވާނުންތަކެއް އެއްވެ އެންމެ ބޮޑަށް ނުރުހުން ފާޅު ކުރަމުން ދަނީ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ފުޓްސެލް މުބާރާތެއް ކޮވިޑްގެ ސަބަބުން ހުއްޓުވުމާ ގުޅިގެންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ފްލެޓެއް ކައިރިއަށް ބަޔަކު އެއްވެ އަޑުއުފުލަމުންދާތީ ފުލުހުން އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންދާކަމަށެވެ.

މީގެ ކުރިންވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ވަނީ ހުޅުމާލޭ 128 ނަމްބަރު ފްލެޓް ކައިރިއަށް އެއްވެ އަޑުއުފުލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: