ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގާމްގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރާނަން: ޝައުނާ

މިނިސްޓާ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަވާލު ކުރެވިފައިވާ މާގާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުމުގައި ކުރެވެން ހުރި އެންމެ ރަނގަޅަކަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިއަދު ޝައުނާ ކުރެއްވި ޓުވިޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ކެބިނެޓަށް ހިދުމަތްކުރުމަށް ލިބިވަޑައިގަތް ފުރުސަތަކަކީ އެކަމަނާއަށް ލިބުނު ބޮޑު ފަހުރެއް ކަމަށެވެ. އަދި އޭނާ މަގާމުގައި ހުންނަވައިގެން އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ޓްވިޓާ މެދުވެރިކޮށް ވަނީ ހާމަކުރައްވާފަ އެވެ.

އެގޮތުން ޝައުނާ ވިދާޅުވީ އެކަމަނާ އިސްކަން ދެއްވާނެ ކަންތައްތަކުގެ ތެރޭގައި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ޓެކްނޮލޮޖީގެ އިތުރުން ހަކަތަ ހިމެނޭކަމަށެވެ.

ކޮމިއުނިކޭޝަން މިނިސްޓްރ އުވާލެއްވުމާ ގުޅިގެން އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަނާބެހޭ އެންމެހައި މަސައްކަތްތަކާއި ސައެންސް އެންޑް ޓެކްނޯލޮޖީއާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޯލޮޖީއާބެހޭ އެންމެހައި މަސައްކަތްތައް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރައްވަމުން ގެންދަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވައިފަ އެވެ.

ތިމާވެށީގެ ވަޒީރު ކަމަށް އައްޔަން ކުރައްވާފައިވާ ޝައުނާ ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެސް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީކަން ވެސް ކުރައްވައިފައެވެ. ޝައުނާ އަކީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: