ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ: އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ރާއްޖެ އަންނަނީ!

ބާރުގަދަ އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން ފޮރެންސިކް ޓީީމުން އަންނަނީ އެ ސަރަހައްދުގައި ހަަރަކާތްތެރިވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމެއް ހޮނިހިރު ދުވަހު ރާއްޖެ އަންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާ އާއި ގުޅިގެން، ގައުމާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަމަލާގެ ތަހުގީގު ވީހާވެސް އަވަހަށް ނިންމާ މިކަމުގައި ޝާމިލުވާ ހުރިހާ އެންމެން އަދުލު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ތަހުގީގީ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ. އަދި ހަމަލާގެ ތަހުގީގު ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށްގެންދާއިރު، އެކަމަށް ބޭރުގެ މާހިރުންގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ގަބޫލު ކުރެވޭތީ ހޮނިހިރު ދުވަހު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ތަހުގީގު ޓީމެއް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނަނާނެ ކަމަށް ވިދާޅުވިއެވެ.

“ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބައިނަލްއަގްވާމީ ތަޖުރިބާކާރުންގެ އެހީތެރިކަން މި އަންނަނީ ހޯދަމުން… އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް މި ތަހުގީގުގައި ބައިވެރިވުމަށް އަންނަ ހޮނިހިރު ދުވަހު ރާއްޖެ އަންނާނެ” ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ބަޔަކު ދިން މި ހަމަލާއަކީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިގްތިސާދަށް ދިން ހަމަލާއެއް ކަމަށެވެ. އަދި ޓެރަރިޒަމްގެ އެއްވެސް އަމަލެއް ހިންގުމަށް މި ސަރުކާރުން ފުރުސަތެއް ނުދޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅަށް އިޝާރާތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދަށް ލިބިފައިވާ ޒަހަމްތަކަށް އޮޕަރޭޝަންތަކެއް ކުރަންޖެހޭ ކަމަށެވެ.

ރޭގެ 08:30 ހާއިރު ހިނގި އެ ހާދިސާގައި ރައީސް ނަޝީދުގެ ސެކިއުރިޓީންނަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. ކެނެރީގެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލަކުން ބާރުގަދަ އެއްޗެއް ގޮވިއިރު އެ ހަމަލާ ދިނުމުގައި ބޭނުންކޮށްފައި ވަނީ ހައި އެކްސްޕްލޯސިވް ޑެވައިސްއެކެވެ. އަދި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން، އެ ޑެވައިސް ހަރަކޮށްފައި ވަނީ ސައިކަލުގެ މަޑި ދަށުގައިކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ގ. ނީލޯފަރުހިނގުމުގެ ދެކުނުކޮޅު އެއްޗެއްގޮވުންތޯ ؟ ގޮއްވުންތޯ؟ ކުޅުނު ބޮޑު ޑްރާމާ އެއްތޯ؟ ރާވައިގެން ހިންގި ޖަރީމާއެއްތޯ؟
    ކީއްވެ:-
    – އިނގިރޭސިއެއް އެތާ؟
    – އަދި އެހީ ބޭނުންނުވެ މަޑުކުރަން ބުނަނީ؟
    – އެހެން އެއްވެސް މީހަކު ނެތީސް ރާއްޖެޓީވީ ކެމެރާ އެވަގުތު އެތާ؟
    – ރާއްޖެ ޓީވީއަށް މައުލޫމާތު ލިބުނީ ކިހިނެތްބާ؟
    – ކާފިއު ގަޑި 9 ޖަހާއިރު ކަމުގައިވާއިރު 8:30 ގަ ކޮންތާކަށް ދާންބާ ނަޝދު އެ ދަނީ.
    – ނަޝީދުއަކީ ނަމާދުކޮށް ވަރަށް އަޅުވެރި މިހެއްކަމަށް އެމްޑީޕީ މީހުން ބުނޭ. ވީއިރު ރަމަޟާން މަހުގެ ފަހު ދިހައިގެ ތިންވަނ އޮނަހިރިރޭ ތަރާވީހް ނަމާދު އޭނާ އޭނާ ނުކުރަނީ ބާ؟
    – އިނގިރޭސި ވިލާތަށް ނިސްބަތްވާ ހަމަ އެކަނި އެއްމެ ޓޫރިސްޓެއް ކަމަށް މީޑިއާގަ ބުނަނީ. ވީއިރު ދެން އޭނާ އާއެކު އެހެންމީހަކުވެސް ނޫޅެނީ ބާ؟
    _ އިނގިރޭސި ޓުރިސްޓް އެވަގުތު އެތަނަށް ނުވަތަ އެހެންލަފަ ދިޔައީ މީހަކު ބުނެގެންބާ؟
    _ ރާއްޖެ ޓީވީ ކެމެރާމަން އެވަގުތު ( ތަރާވީޙް ގަޑީގަ) ކެމެރާ ހިފައިގެން އެސަހައްދުގައި ހުރީ އިއްތިފާގެއް ބާ؟
    – އަނިޔާ ލިބުނު ކަމަށް ބުނެވެނީ 6 މީހަކަށް. އެއްމެން ދިޔައިރު ދޮންމީހާ އިނީ ބައިންދާފަ.
    – ދޮންމީހުންދެކެ އިންތިހާއަށް ލޯބިކުރާ ނަޝީދު، ދޮންމީހާ އެންޖަރީގަ ބަހައްޓާފަ ދެންތިބީންނާ އެކު ހޮސްޕިޓަލަށް ދިޔައީ ތޯ؟
    – ނަޝީދުއަކީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވި މީހެއް.
    – ދޮންމީހަކަށް ހަމަލާ ދިނުމަކީ ޓޫރިޒަމަށް އަސަރުކޮށް ސަރުކާރަށް ނޭދެވޭ އަސަރުކުރާނެ ކަމެއް.
    – ސަރުކާރު ވައްޓާލަން ސިޔާސީރޭވުން ސަރުކާރުގެ ތެރެއިން ފެށުމަކީ ވެދާނެ ކަމެއް ކަމަސް ޤަބޫލުކުރެވޭ.
    ނަޝީދު ގެ ވާހަކަ ވަރަށް ގިނަ ނޫސްތަކުގެ ހޭޑްލައިންތަކުން ޖާގަ ހޯދައިފި.
    _ ގައުމުގެ މުހިންމު މައްސލަތަކަށް ރައްޔިތުން ދީފައވާ ސަމާލުކަންއެހެން ދިމައަކަށް ކުއްލިއަކަށް ދިނުން ކުޑަވެއްޖެ. ދެއްތޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: